ކުރިމަތިވި ނިކަމެތިކަމުން އަރައިގަނެވި އުފާވެރިކަން ލިބޭނެކަމާއި ދަތިޙާލުގައި ހުރިއިރު އެހީވި މީހުންގެ މަތިން ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކުރިމަތިވި ނިކަމެތިކަމުން އަރައިގަނެވި އުފާވެރިކަން ލިބޭނެކަމާއި ދަތިޙާލުގައި ހުރިއިރު އެހީވި މީހުންގެ މަތިން ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ!: މުފްތީ މެންކް

މިރޭ ދައްކަންހުރި ވާހަކަތައް ގިނަކަމުން މިބައި ވަރަށް ކުރުކޮށްލާނަމެވެ. އެހެންވެ ވަރަށް ކުރުކޮށް މިބުނެދެނީ ދިރިހުރިހައި ހިނދަކު އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ ދެކަމެކެވެ.  

ފުރަތަމަ ކަމަކީ ކޮންމެ ކަމެއްވެސް ކުރިމަތިވާނީ ސަބަބަކަށްޓަކައި ކަމެވެ. އެކަމުން ތަކްލީފެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވިނަމަވެސް އެއީ ވަޤުތީކަމެއްކަމާއި އެކަން ނުވަތަ އެޙާލަތު ތިމާއާއި ވަކިވެގެންދާނެކަމެވެ. އެކަމެއް ނިމިގެންދާނީ ތިމާއަށް އެންމެ ފައިދާބޮޑުވާނެ ގޮތަށް ކަމެވެ. އެހެނީ އެއްވެސް މީހަކަށް ދެރަގޮތެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެތީއެވެ.  

ދެވަނަ ކަމަކީ ތިބާ ދަތިޙާލުގައިވީ ދުވަސްތަކުގައި ތިބާއަށް އެހީތެރިވި މީހުންނާއި ދަތިޙާލުގައި ތިބާ ހުއްޓައި ތިބާއާއި ވަކިވެގެންދިއަ މީހުންގެ މަތިން ހަނދާން ނައްތާލައިގެންނުވާނެ ކަމެވެ. އަދި އެދެބާވަތުގެ މީހުންނާއިމެދު އެއްގޮތަކަށް ދެކެގެން ނުވާނެކަމެވެ.

އެންމެންނާއިވެސް އަނގައިން ބުނެ ވާހަކަދައްކާށެވެ! ނަމަވެސް ގާތްކުރުމުގައި ތަފާތުކުރާށެވެ. އެހީތެރިވުމުގައިވެސް ތަފާތުކުރާށެވެ! ޢަދުލުވެރިވުމަކީ އެއީއެވެ.

ތިބާއަށް ދަތިޙާލތެއް ކުރިމަތިވުމުން އަރައިގަތުމަށް އެހީތެރިވެދެވެން އޮއްވައި އެހީތެރިނުވާނީ އެމީހަކަށް ތިބާ މުހިންމު ނުވާތީއެވެ. ތިބާއަށް ދެރަގޮތެއް މެދުވެރިވިޔަސް ކަންބޮޑުނުވާތީއެވެ. އެއިގެ ބަދަލުގައި އެހީތެރިވާނީ އެމީހާއަށް ތިބާ މުހިންމުވީމައެވެ. ތިބާއަށް އެއްވެސް ވަރެއްގެ ދެރައެއް ލިބެން ނުއެދޭތީއެވެ.  

އުފަލުގައި ދުނިޔޭގައި އުޅެވޭނީ މިބަޔާންކުރި ދެކަންތަކަށް ސަމާލުކަންދިންވަރަކުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން        

މިއަދު އޮންލައިން