- މާތްﷲ ބާވައިލެއްވި ޙުކުމްފުޅުތަކާއިމެދު ބަސްބުނެ ތިމާ ބޭނުންބައެއް ނަގައި، ބޭނުން ނުވާބައި ދޫކޮށްލުމުގެ އިޚްތިޔާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވޭ: ޝައިޚް ޙަސަން މޫސާ ފިކުރީ
ކީރިތި ޤުރްއާނުގައި މާތް ﷲ ކަނޑައަޅުއްވާފައިވާ ޙުކުމެއްގެ ބާރު ކަނޑުވާލައި އުވާލުމަކީ އެއްވެސް ޝައްކެއްނެތި ކުފުރުގެ ޢަމަލެއްކަމަށާއި އަދި އެއީ އަނިޔާވެރިކަމުގެ ޖަރީމައެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުނުކޮށް އޮތް އޮތުން ސަރުކާރުން ދަމަހައްޓާނެކަމަށާއި އަދި، މަރުގެ ޙުކުމާ ގުޅޭގޮތުން، އދ.ގެ އާއްމު މަޖިލީހުގައި ނަގާ ވޯޓުގައިވެސް މަރުގެ ޙުކުމާ ދެކޮޅަށް ވޯޓު ދޭނެކަން ރައީސް އިބްރާހީމް ގެ ސަރުކާރުން ހާމަކުރުމުން އެކަމަށް އިޝާރާތްކުރައްވައި އައްޝައިޚް ޢަބްދުﷲ މުޙައްމަދު ކުރެއްވި ޓްވީޓެއްގައިވަނީ ރައީސް އިބްރާހީމް ގެ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.
"ޤުރްއާނުގައި ﷲ ކަނޑައަޅުއްވާފައިވާ ޙުކުމެއްގެ ބާރު ކަނޑުވާލައި އުވާލުމަކީ ޝައްކެއްނެތި ކުފުރުގެ ޢަމަލެއް. އަނިޔާވެރިކަމުގެ ޖަރީމައެއް. މުސްލިމުން މިކަމާ ކަންބޮޑުވެ ﷲ އަށް ބިރުވެތިވުން ހުރި“ ޝައިޚް ވިދާޅުވެފައިވެއެވެ.
މިކަމާއިގުޅޭގޮތުން ޝައިޚް ޢަބްދުﷲ ވަނީ ދެވަނަ ޓްވީޓެއްވެސް ކުރައްވާފައެވެ. އެ ޓްވީޓުގައި ޝައިޚް ޢަބްދުﷲ ވިދާޅުވެފައިވަނީ ކީރިތި ޤުރްއާންގައި ﷲ ބާވައިލައްވާފައިވާ ޙައްދުތައް ނިޒާމުން އެއްކިބާކޮށް ފޮހެލާން މަސައްކަތްކުރާ ބަޔަކަށްވުރެ އަނިޔާވެރިބަޔަކު ﷲ ގެ ޙަޟްރަތުގައި ނުވާކަން އެންމެހައި މުސްލިމުން ދަންނަންޖެހޭކަމަށެވެ.
މި މައްސަލައާއިގުޅިގެން ރާއްޖޭގެ ފުންނާބުއުސް އެތައް ޢިލްމުވެރިންނެއް އެބޭފުޅުންގެ ކަންބޮޑުވުންތައް ފާޅުކުރަމުން އަންނައިރު ޖަމްޢިއްޔަތުއްސަލަފުގެ ނައިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވެސްވަނީ ރައީސް އިބްރާހީމް ގެ ސަރުކާރުގެ މި ޢަމަލަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.
ޝައިޚް ޙަސަން މޫސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާތްﷲ ބާވައިލެއްވި ޙުކުމްފުޅުތަކާއިމެދު ބަސްބުނެ ތިމާ ބޭނުންބައެއް ނަގައި، ބޭނުން ނުވާބައި ދޫކޮށްލުމުގެ އިޚްތިޔާރު އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށެވެ.
- ޚަބަރާ ފޮޓޯ: ޖަމިއްޔަތުއްސަލަފް