77،000 މެންބަރުންނާއެކު އެންމެ ގިނަ މެންބަރުން ހިމެނޭ ސިޔާސީ ޕާޓީއަކަށް ކޮންގްރެސް ޕާޓީ ވެއްޖެ: ފަލާހު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
77،000 މެންބަރުންނާއެކު އެންމެ ގިނަ މެންބަރުން ހިމެނޭ ސިޔާސީ ޕާޓީއަކަށް ކޮންގްރެސް ޕާޓީ ވެއްޖެ: ފަލާހު

77،000 އަށްވުރެ ގިނަ މެންބަރުންނާއެކު، ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެ ކަމަށް އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

އިބްރާހިމް ފަލާހު މިހެން ވިދާޅުވީ ރޭ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ފޯރިގަދަ ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ފަލާހު ވިދާޅުވީ، ރާއްޖޭގައި އަމަލުކުރަމުންދާ އައު ޤާނޫނުއަސާސީގެ ދަށުން ޤާއިމުކުރެވުނު މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމުގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދެއްގެ މެންބަރުން ތިބި ޕާޓީއަކީ މިހާރު ޕީއެންސީ ކަމަށެވެ. އަދި މިހާރު އެ ޕާޓީގެ މެންބަރުންގެ ޖުމްލަ އަދަދު 77،000 އަށް އަރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި މިވަގުތު 7 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު، ރަޖިސްޓްރީގެ އެންމެ ކުރީގައި މިހާރު އޮތީ ޕީއެންސީއެވެ.

މީގެ ކުރިން އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި މިހާރު ތިބީ 55،399 މެންބަރުންނެވެ. އަދި ދެން އެންމެ ގިނަ މެންބަރުން ތިބި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދަފްތަރުގައި ހިމެނެނީ 10،401 މެންބަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޕީއެންސީ ވަރުގަދަކުރުމަށްޓަކައި ކުރިއަށްގެންދިޔަ މެންބަރުން އިތުރުކުރުމުގެ ބޮޑު ކެމްޕޭނާއެކު، އެ ޕާޓީ ވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ޕާޓީގެ މަޤާމު ހޯދާފައެވެ.

މިއަދު އޮންލައިން