މީހުންދެކެ ފޫހިވެ ނަފްރަތުކުރެވޭނަމަ އެއީ ވަރަށް ބޮޑު ގޯހެއް! ޙައްލުކުރެވޭނީ މިމަގުން!: ޝައިޚް ޢާސިމް އަލް ޙަކީމް

ކިޔުމަށް ހޭދަވާނީ 1މ 58ސ
މީހުންދެކެ ފޫހިވެ ނަފްރަތުކުރެވޭނަމަ އެއީ ވަރަށް ބޮޑު ގޯހެއް! ޙައްލުކުރެވޭނީ މިމަގުން!: ޝައިޚް ޢާސިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ސުވާލު: އަޅުގަނޑަށް އިޙްސާސްވަނީ، ކޮންމެ ދުވަހަކުވެސް މީހަކާ ބައްދަލުވާއިރު، އެމީހަކު ފެންނަ ކޮންމެ ފަހަރަކު އެމީހާ ދެކެ ފޫހިވާން (ނުރުހެން) ފެށޭކަމެވެ. އަދި ކޮންމެ މީހަކާމެދުވެސް ކަންތައް ވަނީ މިހެންނެވެ. އެހެންކަމުން މައްސަލައުޅެނީ އަޅުގަނޑުގެ އަމިއްލަ ނަފްސުގައެވެ. ބޮޑާކަމުގެ މައްސަލައެއް ކަމަށްވެސް ވެދާނެއެވެ. ގެއަށް އައިސް އަޅުގަނޑު ތައުބާވަމެވެ. ނަމަވެސް އަލުން އެމީހުންނާ ބައްދަލުވުމުން އެ އިޙްސާސް އެނބުރި އާދެއެވެ. އަދި އެކަން އަޅުގަނޑުގެ މޫނުމަތިން ފާޅުވެއެވެ. އަޅުގަނޑު މިކަމުގައި ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ 

ޝައިޚްގެ ޖަވާބު: އެ މައްސަލައަކީ ކޯޗިން ސެޝަންތަކާއި، ގާތްގަނޑަކަށް ތެރަޕީ ނަގަންޖެހޭ ފަދަ ނަފްސާނީ މައްސަލައެކެވެ. ސަބަބަކީ ކަންކަމުގެ ޙަޤީޤަތް ތިބާއަށް އެނގެންޖެހެއެވެ. ތިބާއަކީ މި ދުނިޔޭގައި އެކަނި އުޅެވޭނެ މީހެއް ނޫނެވެ. އަދި ތިބާއަކީވެސް އުނިކަންކަމާއި ޢައިބުތަކުން ސަލާމަތްވެގެންވާ މީހެއް ނޫނެވެ. އެތައް ބަޔަކު ތިބާ ބަލައިގަނެއެވެ. އެމީހުން ތިބާ ބަލައިގަންނަނީ ތިބާ ހުރިގޮތަށެވެ. އެމީހުން ތިބާގެ އުނިކަންކަމާއި ޢައިބުތަކެއް ފާހަގައެއް ނުކުރެއެވެ. އެކަންކަން ބޮޑުކޮށްގެން މައްސަލައަކަށް ނުހަދައެވެ. އޭގެ ބަދަލުގައި އެމީހުން ތިބާއަށް އޯގާތެރިކޮށް ޢަމަލުކުރެއެވެ. 

ނަމަވެސް ތިބާއަށް އެކަން ކުރަން މިއޮތީ ނުކުޅެދިފައެވެ. ތިބާއަށް މީހުންގެ ކިބައިން ފެންނަނީ ހަމައެކަނި ނުބައި ކަންކަމެވެ. މިއީ ބޮޑާކަމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ ކަންކަން ވަޒަންކުރަން ނޭނގުމުގެ އުނިކަމަކުން ދިމާވާ ކަމަކަށްވެސް ވެދާނެއެވެ.  

ޔަޤީނުންވެސް މީގެ ސަބަބުން ތިބާގެ ދިރިއުޅުމަށް ވަރަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެއެވެ. ޚާއްޞަކޮށް ކައިވެނިކުރާ ހިނދު، ވަޒީފާއެއް އަދާކުރާ ހިނދު، މީހަކާއެކު ބައިވެރިވެގެން ކަމެއް ކުރާ ހިނދު، އަދި އަވަށްޓެރިންނާއި، އެއްބަނޑުއެއްބަފާ މީހުންނާއި، ތިމާގެ މީހުންނާއެކު އޮންނަ ގުޅުމަށް މީގެ ނޭދެވޭ އަސަރުކުރާނެއެވެ.

މީހެއްގެ ކިބައިން ކަމަކަށް އެދޭއިރު، އެމީހާ ދެކެ ނުރުހުންވެ، ނަފްރަތުކުރި ނަމަވެސް، އެމީހާގެ ކިބައިން ބޭނުންވާ ކަންތައް ހާސިލުކުރުމަށްޓަކައި އެމީހާ ދެކެ ލޯބިވާކަން ދައްކަން އުޅުމަކީ މުނާފިޤުކަމެވެ. 

އެންމެ ރަނގަޅު ގޮތަކީ، ތިބާގެ އެތެރެއާއި ބޭރު ސާފުކޮށް، ތިބާގެ ހިތް ޠާހިރުކުރުމެވެ. އަދި ﷲ ތަޢާލާ ރުއްސަވާފަދަ ގޮތަކަށް، އަދި ކީރިތި ރަސޫލާ ﷺ ގެ ސުންނަތާ އެއްގޮތަށް ކަންކަމާއި ޢަމަލުކުރުމެވެ.


- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

- މިއަދުނޫސް

 

 

މިއަދު އޮންލައިން