ސްޓޭޓް ފާމާއިން ހިރާނިސް ފާމަސޫޓިކަލްސްއާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ސްޓޭޓް ފާމާއިން ހިރާނިސް ފާމަސޫޓިކަލްސްއާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއަށް މެދުނުކެނޑި ފެންވަރު ރަނގަޅު ބޭހުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ސްޓޭޓް ފާމާއިން ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު ޑިސްޓްރިބިއުޓަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ބޭސް ދަތިކަމެއް ނެތި ޢާންމުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ސްޓޭޓް ފާމާއިން ބުނެފައިވަނީ، ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު މި އެއްބަސްވުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބޭސް ފޯރުކޮށްދޭ ފަރާތްތަކާ އޮންނަ ގުޅުން ބަދަހިކޮށް، އެ ވިއުގަ ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ސްޓޭޓް ފާމާއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖެއަށް ބޭނުންވާ އަސާސީ އަދި މުހިންމު ބޭސްތައް ހުއްޓުމެއްނެތި، އިތުބާރު ހުރި ފަރާތްތައް މެދުވެރިކޮށް އެތެރެކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ޤަބޫލުކުރެއެވެ.

މިއަދު އޮންލައިން