މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ގއ. ގެމަނަފުށީ ކައުންސިލާ ދެމެދު، އެ ރަށުގެ ތިމާވެށްޓާއި ތަރައްޤީއާ ގުޅުންހުރި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ގެމަނަފުށީގައި ކުނި މެނޭޖުކުރުމުގައި ދިމާވާ ދަތިތަކާއި، ފެނާއި ނަރުދަމާގެ ނިޒާމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށެވެ. މީގެއިތުރުން، ރަށުގެ ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ.
އަދި ހަމައެއާއެކު، ސަރުކާރުން އެ ރަށުގައި މިހާރު ކުރިއަށްގެންދާ ތިމާވެށްޓާއި ހަކަތައާ ގުޅުންހުރި އެކި މަޝްރޫޢުތަކާއި އިސްނެގުންތަކުގެ އެންމެ ފަހުގެ މަޢުލޫމާތު މިނިސްޓްރީގެ ފަރާތުން ކައުންސިލާ ވަނީ ހިއްސާކޮށްފައެވެ.
ހަބަރު: ސަރުކާރު