ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް، ޑރ. އަޙްމަދު ރިޔާޒް އައްޔަނުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް، ޑރ. އަޙްމަދު ރިޔާޒް އައްޔަނުކޮށްފި

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް، ޑރ. އަޙްމަދު ރިޔާޒް އައްޔަނުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް 23 އޯގަސްޓް 2026 އިން ފެށިގެން އައްޔަނުކުރައްވާފައިވާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ހާމަކޮށްފައެވެ.

މި ޤާނޫނުގައިވާ ގޮތުން ބިއުރޯއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރެވެ. އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގަވާނީ މާލީ ވަޒީރުގެ ލަފާގެ މަތިން ޗީފް ސްޓެޓިސްޓީޝަނެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ހަރުދަނާކޮށް، ޤައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ޙާލަތު ބަޔާންކޮށްދޭ މުހިންމު ތަފާސްހިސާބު އެއްކޮށް، އެއްހަމައެއްގައި އިތުބާރުހުރި ގޮތެއްގައި ފޯރުކޮށްދިނުމަކީ މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން