އިރުއަރާ އަދި އޮއްސޭ ވަޤުތުގަ އެދައްކަވަނީ ނަރަކައިގެ ބިރުވެރިކަން ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އިރުއަރާ އަދި އޮއްސޭ ވަޤުތުގަ އެދައްކަވަނީ ނަރަކައިގެ ބިރުވެރިކަން ނޫންތަ؟

މިލިޔުން ޚާއްޞަ މިކުރަނީ ޤިޔާމަތް ދުވަހަށާއި ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާން މަސައްކަތްކުރާ މީހުންނަށެވެ. ވިސްނައި ފިކުރުކުރަން ފަސޭހަކޮށްދިނުމަށެވެ.  

ނަރަކައިގެ ބިރުވެރިކަން ދުނިޔޭގައި ހުރެ އިޙްޞާޞްކުރަން ބޭނުންވާ މީހުންނަށް އަހުރެން ބުނާނީ އިރުއަރާ ވަޤުތުގައާއި އެއްސޭވަޤުތު އުދަރެހުން އެފެންނަ ކުލައާއި މަންޒަރަށް ވިސްނިނަމަވެސް ފުދޭނެ ކަމަށެވެ.  

އިތުރަށް ބުނެލަން އޮތީ އެކަންކަމަށް ވިސްނާ މީހުންނަށް ޢިބްރަތަކަށްވާނެ އެތައް ކަމެއް ކޮންމެ ދުވަހަކު ދައްކަވަތެވެ. ވިސްނާ މީހުންނަށް ވިސްނި ބިރުވެތިވެއެވެ. ވިސްނާ މީހުންގެ ޢަދަދުމަދީއެވެ.  

ހަމައެއާއިއެކު ޖާހިލުކަން ބޮޑުވެ ވިސްނަން ބޭނުންނުވާ ބައަކު އުޅެއެވެ. އެމީހުންނަށްވާ ގޮތަކީ ލޮލަށް ފެނުނަސް ހަމަ ނަގައި ނުގަނެވެނީއެވެ. އެފަދަ މީހުންގެ ސިކުނޑި އެމީހުންނަށް ވިސްނައިވެސްދެއެވެ. ނަމަވެސް އެމީހުންގެ މައްޗަށް ޝައިޠޯނާ ބާރުގަދަވެގެންފައިވާތީ ފެންނަ ކަންމަކަށް ފިކުރުކުރިއަނުދީ ސިކުނޑިންވެސް ފުހެލަނީއެވެ.  

މިސާލަކަށްބުނާނަމަ އޮސްޓްރޭލިއާގެ ޖައްވުގައި ދޭތެރެދޭތެރެއިން އުފެދޭ ބައެއް ވިލާގަނޑުތައް ފެނުމުން އެތައް ހާސް ބައަކު އެވަގުތު ބިރުން އުޅެއެވެ. ނަމަވެސް ވިލާގަނޑުތައް ފިލައި ދިއުމުން ހަނދާންނެތެނީއެވެ.

އެފަދަ ވިލާގަނޑުތަކެއް ފެނުމުން ނަރަކަ އިޙްޞާޞް ކުރެވުނު ކަމަށް ފްލައިޓުން ދަތުރުކުރާ ބައެއް ފަސިންޖަރުން ބުނެފައިވާކަން ޚަބަރުތަކުން އެނގޭނެއެވެ. އަދި ބިންމަތީގައި ތިބޭ މީހުންނަށްވެސް ފެނެއެވެ. 

އެކަކު ބުނެފައިވަނީ މެލިބަނުން ކެންބަރާއަށް ދަތުރުކުރި ފްލައިޓެއްގައި އިންއިރު ވިލާތައް ފެންނަނީ އޮޅެމުން އުތުރިއަރަމުންދާ އަލިފާނުގެ ގޮތުގައި ކަމަށެވެ. އޭނާ މިމޭރުމުން ބުނެފައިވާއިއރު އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކުގެ މަތިން އުދުހުން ވަނީ ބިރުވެރިކަމަކަށްވެފައެވެ. ކުއްލި ކުއްލިއަށް ހޫނު ގަދަ ވިލާގަނޑުތަކާއި ދަނީ ކުރިމަތިވަމުންނެވެ.  

ފަހުޒަމާނުގެ މުޞީބާތްތަކަށް "ކްލައިމެޓް ޗޭންޖް" ކިޔައި ނަން ބަދަލުކުރުމަކުން ޙަޤީޤަތް ބަދަލެއް ނުވާނެއެވެ. އަލިފާން ފަރުބަދަތައް ގޮވުން ގިނަވުމާއި، ބިންހެލުން ގިނަވުމާއި ހަނގުރާމަތައް ކުރުން ގިނަވުމާއި ބޮޑެތި ހުޅުތައް ރޯވެ އަލިފާނުގެ ހާދިސާތައް ހިނގުން ގިނަވުމާއި މީހުން މެރުން ޢާންމުކަމަކަށް ވުން ފަދަ ކަންކަމަކީ ފަހުޒަމާނުގެ ޢަލާމާތްތަކެވެ.  

މިފަދަ ކޮންމެ މުޞީބާތަކީ ﷲ ތަޢާލާ ދެއްވަވާ އިންޒާރެވެ! ޢަމަލުތައް އިޞްލާޙްކޮށް ތައުބާވުމަށެވެ. ކްލައިމެޓް ޗޭންޖާއި އެހެންވެސް ތަފާތު ނަންތައް ކިޔަމުން ގެންދަނީ މިކަންކަމުގެ ޙަޤީޤަތް އޮޅުވައިލުމަށެވެ. މިކަންކަމަށް ފިކުރުކުރާ މީހުންގެ ވިސްނުން ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކާއި ދުރުކުރުވުމަށެވެ. މި ހުރިހާ ކަންކަން މިގޮތަށް ހިނގާނެކަން ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުތަކުން އޮތީ އެނގޭށެވެ.  

ދުނިޔޭގެ ޢިލްމުވެރިންނަށާއި ސައިންސްވެރިންނަށް މިކަންކަން ވަރަށް ރަނގަޅަށް އެނގެއެވެ. ޤަބޫލުވެސް ކުރެއެވެ. އެއިގެ ތެރެއިން ބިރުކަނޑާލަން ކެރޭ މީހުން ދަނީ އިސްލާމްވަމުންނެވެ.

 

ގުޅުންހުރި ވީޑިއޯއެއް:

https://www.youtube.com/watch?v=ASrTlStDK6w

މިއަދު އޮންލައިން