ދީނުގަ ކުރިއަރައިދާން މަސައްކަތްކުރާވަރަކަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ވަރުގަދަވާނެ! ޘާބިތުވެވިއްޖެނަމަ ލައްވަވާ ރަޙްމަތް ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ދީނުގަ ކުރިއަރައިދާން މަސައްކަތްކުރާވަރަކަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ވަރުގަދަވާނެ! ޘާބިތުވެވިއްޖެނަމަ ލައްވަވާ ރަޙްމަތް ބޮޑުވާނެ!

ގިނަ ބައަކު އުފައްދާ ސުވާލެކެވެ! ތަޤްވާވެރިންނަށް ދަތިޙާލާއި މުޞީބާތްތައް ކުރިމަތިކުރައްވަވަނީ ކީއްވެގެން ހެއްޔެވެ؟  

ޖަވާބަކީ ތަޤްވާވެރިވުމަކީ އެމީހަކު އިމްތިޙާނު ނުކުރައްވަވާނެ ސަބަބެއް ނޫނެވެ. ކުރިމަތިކުރައްވަވާ އިމްތިޙާންތައް ވަރުގަދަކުރައްވަވާނެ ސަބަބެކެވެ.  

ގުޅުންހުރި ލިޔުމެއް: 

ދުނިޔޭގެ ޙަޔާތުގައި އިންސާނާ، ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި، އުފަލާއި ހިތާމައާއި، މުއްސަނދިކަމާއި ފަޤީރުކަމާ ކުރިމަތިލާންޖެހުމަކީ الله تَعَالَىގެ ސުންނަތެވެ. އެކަލާނގެ އިރާދަފުޅެވެ. الله تَعَالَىއަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ މި ކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، ދުޢާކުރުމާ އެކުގައެވެ. އެހެނީ އެ ކަންކަން އެ ގޮތުގައި ހިނގަމުންދަނީ الله تَعَالَىގެ މަތިވެރިވެގެންވާ ޙިކުމަތެއްގެ މަތީންކަމާއި، އުނދަގޫ ކަމަކަށް ފަހު ލުއި ކަމެއް ގެނެސްދެއްވާނެކަމަށް އެކަލާނގެ ވަޢުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަޤީންކުރާތީއެވެ.  

މި ދުނިޔޭގައި މި ފަދަ އިމްތިޙާންތަކާ އެންމެ ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ الله سُبْحَانَهُ وَتَعَالَى ފޮނުއްވެވި ރަސޫލުބޭކަލުންނަށެވެ. ސަޢުދު ބުނު އަބީ ވައްޤާޞް رضي ﷲ عنه، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާ ސުވާލު ކުރެއްވެވިއެވެ. يَا رَسُوْلَ اللهِ، أَيُّ النَّاسِ أَشَدُّ بَلَاءً؟ قَالَ: (اَلْأَنْبِيَاءُ، ثُـمَّ الْأَمْثَلُ فَالْأَمْثَلُ، فَيُبْتَلَى الرَّجُلُ عَلَى حَسَبِ دِيْنِهِ)[1] މާނައީ: "އޭ ﷲގެ ރަސޫލާއެވެ. އެންމެ ބޮޑަށް މުޞީބާތްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވަނީ ކޮންބަޔަކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ނަބީބޭކަލުންނާއެވެ. ދެން (އީމާންކަމުގެ ގޮތުން) އެއާ ޖެހުނު މީހުންނެވެ. ދެން އެއާ ޖެހުނު މީހުންނެވެ. ފަހެ، އިންސާނާ އިމްތިޙާނުކުރެއްވެނީ އޭނާގެ ދީންވެރިކަމުގެ ނިސްބަތުންނެވެ."

 

- ޚުޠުބާއަކުން

 

 

މިއަދު އޮންލައިން