ހަނދުމަކޮށްދިނުމެއް!: ތިންވަނަ ރަކްޢަތަށް ތެދުވެވޭފަހުން ފުރަތަމަ އައްތަޙިއްޔާތު ނުކިޔޭކަން ހަނދާންވެއްޖެނަމަ ކަންތައްކުރަން އޮތް ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ހަނދުމަކޮށްދިނުމެއް!: ތިންވަނަ ރަކްޢަތަށް ތެދުވެވޭފަހުން ފުރަތަމަ އައްތަޙިއްޔާތު ނުކިޔޭކަން ހަނދާންވެއްޖެނަމަ ކަންތައްކުރަން އޮތް ގޮތް!

ނަމާދުކުރަން އޮތީ ވީހާ ބޮޑަށް ފަރުވާތެރިވެގެންނެވެ. ފަރުވާތެރިވެގެން ކުރިނަމަވެސް ކަމެއް ހަނދާން ނެތުމަކީ މެދުވެރިވާ ކަމެކެވެ. މުހިންމީ އެފަދަ ޙާލަތުގައި ޢަމަލުކުރާނެ ގޮތް އެނގިފައި އޮތުމެވެ. އެގޮތުން މިގެނެސްދެނީ ހަތަރު ރަކްޢަތް ނުވަތަ ތިން ރަކްޢަތުގެ ނަމާދެއްގާ ހަނދާންނެތިގެން ފުރަތަމަ އައްތަޙިއްޔާތަށް ނުއިނދެވި (ފުރަތަމަ އައްތަޙިއްޔާތު ނުކިޔައި) 3 ވަނަ ރަކްޢަތަށް ތެދުވެވިއްޖެނަމަ ޢަމަލުކުރަން އޮތްގޮތެވެ.  

- ތިންވަނަ ރަކްޢަތަށް ތެދުވިފަހުން މެދުއައްތަޙިއްޔާތު ނުކިޔޭކަމަށް ހަނދާންވެއްޖެ ކަމަށް ވަނީނަމަ ދެން އިތުރަށް އިށީންނާކަށް ނުޖެހޭނެ. އޭގެ ބަދަލުގައި އޭނަ ފަހު އައްތަޙިއްޔާތު ކިޔާފަ ސަލާން ދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހާނީ. 

އެހެންނަމަވެސް އޭނައަށް މެދު އައްތަޙިއްޔާތު ނުކިޔާ ތެދުވަނިކޮށް މުޅިން އެއްކޮށް ތެދުވުމުގެ ކުރިން ހަނދާން ވެއްޖެ ކަމަށްވަނީނަމަ އެހަނދާން ވުމާ އެކީގަ އޭނާ އިށީންނާނީ. އިށީނދެފަ  މެދު އައްތަޙިއްޔާތު ކިޔާނީ. އެހެންނަމަވެސް އޭނަ ތެދުވެފަ އޭނަ ކިޔަވަން ފެށުމަށްފަހުގަ ހަނދާން ވެއްޖެކަމުގައި ވަނީނަމަ ދެން އޭނާ އިށީންނާކަށް ނުޖެހޭނެ . 

އޭގެ ބަދަލުގާ އޭނަ ނަމާދު ކުރިޔަށް ގެންދާނީ ގެންގޮއްސަ ސަލާން ދިނުމުގެ ކުރިން ކުށުސަޖިދަ ޖަހާނީ. ކޮންމެޔަކަސް މެދު އައްތަޙިއްޔާތު ނުކިޔާ ތެދުވަނިކޮށް ހަނދާން ވެގެން  އަނބުރާ އައްތަޙިއްޔާތަށް އިށީންކަމުގާ ވީ ނަމަވެސް ސަލާން ދިނުމުގެ  ކުރިން ކުށުސަޖިދަ ޖެހުން އެއީ ރަގަޅު ގޮތެއް.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން