އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަނީ!

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ސަލާމަތީ އިތުރު ފިޔަވަޅުތައް އެޅުމުގެ މަޝްވަރާތައް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ކުރިއަށްގެންދެވޭ ކަމެއް ކަމަށެވެ.

އެގޮތުން، މި ދެ މަޝްރޫޢުގެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ދެނެގަނެ ފާހަގަކުރުމަށާއި، ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން އެ ކޯޕަރޭޝަނުން މިހާރު ދަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންނެވެ.

ހަމްދާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހުރިހާ ޔުނިޓުތަކެއްގައިވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާއިރު، އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓުތަކަށް އިސްކަންދީގެން، އެ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ޚާއްޞަ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްޞަދަކީ އެ ޓަވަރުތަކަކީ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާން، އަދި ރައްކާތެރި މާޙައުލަކަށް ހެދުމެވެ.

މިއަދު އޮންލައިން