ނޯވޭގެ އައު ރަސްގެފާނަށް ރައީސް ޑރމުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ނޯވޭގެ އައު ރަސްގެފާނަށް ރައީސް ޑރމުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ނޯވޭގެ ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގަތުމާ ގުޅިގެން، އެޤައުމުގެ ރަސްގެފާނު ހޯކަން 8 ވަނައަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ނޯވޭގެ އައު ރަސްގެފާނު، ހޯކަން 8 ވަނަ، ރަސްކަމުގެ ތަޚުތަށް ވެޑުވީ އެކަމަށް ޚާއްސަކުރެވިގެން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި އިހުތިފާލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖުގައި، ނޯވޭގެ ރަސްކަމުގެ ދިގު ތާރީޚީ އާދަކާދަތަކާއި ދެމެހެއްޓެނިވި އަގުތައް ނަގަހައްޓަވައި، އެޤައުމުގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ރަސްގެފާނު ހޯކަން 8 ވަނައިގެ ޤާބިލު ލީޑަރޝިޕާމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށް ވިދާޅުވެފައިވެއެވެ.

ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހިރާއްޖެއާއި ނޯވޭއާ ދެމެދު އޮތީ އިޙްތިރާމާއި ބަދަހި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގާތް އެކުވެރި ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރަސްގެފާނު ހޯކަން 8 ވަނައިގެ ރަސްކަމުގައި ދެޤައުމުގެ މެދުގައިވާ އެކުވެރިކަމާއި ބިނާކުރަނިވި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ރަސްގެފާނު ހޯކަން 8 ވަނައަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ނޯވޭގެ ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަންވެސް އެމަނިކުފާނުގެ މެސެޖުގައި ހާމަކުރެއްވިއެވެ.

މިއަދު އޮންލައިން