ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ޤައުމީ ފެންވަރުގައި އިސްކަންދޭ ކަމެއް: ޤީލާ ޢަލީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ޤައުމީ ފެންވަރުގައި އިސްކަންދޭ ކަމެއް: ޤީލާ ޢަލީ

ނަފްސާނީ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ އިތުރުން، އެފަދަ ކަންކަމުން ރައްކާތެރިވުމާއި މައްސަލަތައް ކުރިއާލާ ދެނެގަނެ، އެކަށީގެންވާ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ޔުނިސެފް ގުޅިގެން މީރުމާ ހޮޓަލުގައި ކުރިޔަށްދާ "ކިހިނެތް؟" ނަފްސާނީ ހޭލުންތެރިކަމުގެ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. 'ނަފްސާނީ ދުޅަހެޔޮކަމުގެ މަޝްވަރާ - ރައްކާތެރިކަމަށް އިސްކަންދުން، ނަފްސާނީ ދުޅަހެޔޮކަމުގެ މިސްރާބު ބަދަލުކުރުން' މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ބައްދަލުވުމަކީ، މިހާރުގެ ހާލަތު ވަޒަންކޮށް، ގޮންޖެހުންތައް ދެނެގަނެ، ބަލިން ރައްކާތެރިވުމަށް އަމަލީގޮތުން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް އެއްބަސްވުމަކަށް އައުމަށް ލިބުނު މުހިންމު ފުރުސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ކުޑަކުދިންނާއި، ފުރާވަރުގެ ކުދިންނާއި، ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ޤައުމީ ފެންވަރުގައި ނުހަނު އިސްކަންދޭ ކަމެއްކަން ހާމަކުރައްވާފައެވެ. އަދި ކަމާގުޅޭ އެންމެން އެއްމޭޒެއްގެ ދަށަށް ގެނެސް، ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ސާފު އަމާޒުތަކަކަށް ވަރުގަދަ ގުޅުމެއްގެ ދަށުން މަސައްކަތް ކުރުމަށް ބައިވެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތެވެ.

"ކޮންމެ ކުއްޖަކާއި ޒުވާނަކަށްވެސް ނަފްސާނީ ދުޅަހެޔޮކަމާއެކު، އެއްވެސް އުނދަގުލެއްނެތި ބޮޑުވެ ތައުލީމު ހާސިލުކުރެވި ކުރިޔަށް ދެވޭނެ މުސްތަޤުބަލެއް ބިނާވާންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އެ އަމާޒު ހާސިލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މިއަދުގެ ސަރުކާރުން އެދޭ އެންމެ ބޮޑު އެއް އަމާޒު ކަމަށްވެސް ވަޒީރު ޤީލާ ޢަލީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން