ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް އެކަން 'ބޯހިޔާވަހިކަން ޕޯޓަލް' މެދުވެރިކޮށް އަންގަން ފަށައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފުލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމާ ގުޅޭ އެންމެހާ މަރުޙަލާތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެޕްލިކަންޓުންގެ ގޯތިގެދޮރާއި ބިންވެރިކަމާ ގުޅޭ މަޢުލޫމާތުތައް ކަށަވަރު ކުރުމުގެ މަސައްކަތްތައް ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ޖުމްލަ 58،585 ފޯމު ހުށަހަޅާފައިވާއިރު، މިހާރު ކުރިއަށްދަނީ މި ފޯމުތައް ވެރިފައި ކުރުމުގެ މަރުޙަލާއެވެ. އެހެންކަމުން، ހުށަހަޅާފައިވާ މަޢުލޫމާތުތަކާ ގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް އެންގުމަށްޓަކައި، ގަވާއިދުން ޕޯޓަލް ޗެކް ކުރަމުން ގެންދިއުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.