43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް މި ހުކުރު ދުވަހު ކ. މާފުށީގައި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް މި ހުކުރު ދުވަހު ކ. މާފުށީގައި!

އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ކުރިއަށްގެންދާ 'އުރީދޫ މަސްރޭސް 2026' މި ހުކުރު ދުވަހު ކ. މާފުށީގައި ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތުގައި ޖުމްލަ 16 ޓީމަކުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މަސްރޭހުގައި މުޅިއެކު 43،000 ރުފިޔާ ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ، ދެވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ.

މީގެ އިތުރުން، ވަކިވަކި ވަނަތަކަށް ބަލާއިރު އެންމެ މޮޅު ފިރިހެން މަސްވެރިޔާ، އެންމެ މޮޅު އަންހެން މަސްވެރިޔާ އަދި އެންމެ ބަރު މަސް ބާނާ ފަރާތަށް ކޮންމެ ކެޓަގަރީއަކުން 1،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އުރީދޫ މަސްރޭހަކީ ދިވެހިންގެ މެދުގައި މަސްވެރިކަމުގެ ހުނަރު އިތުރުކޮށް، ޒަމާނުއްސުރެ ދިވެހިން މަސްވެރިކަމަށް ކުރާ ލޯބި ދެމެހެއްޓުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ އަބަދުވެސް ރާއްޖޭގެ އެކި ހިސާބުތަކުން ބޮޑު ތަރުހީބަކާއި ފޯރިއަކާއެކު ބައިވެރިވަމުން އަންނަ މުހިންމު އިޖުތިމާއީ ހަރަކާތެކެވެ.

މިއަދު އޮންލައިން