ޒުވާން ޚަޠީބުންނަކީ ޖަމާޢަތުގައި ބަރާބަރަށް ނަމާދުކުރާ، އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭނެ: ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޒުވާން ޚަޠީބުންނަކީ ޖަމާޢަތުގައި ބަރާބަރަށް ނަމާދުކުރާ، އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭނެ: ޑރ. ޝަހީމް

ޒުވާން ޚަޠީބުންނަކީ ޖަމާޢަތުގައި ބަރާބަރަށް ނަމާދުކުރާ، އަދި އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހޭނެ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ޚުޠުބާ ކިޔުމުގެ ޤާބިލިއްޔަތުކަމާއި އެ ހުނަރު އެއްވެސް ކުއްޖެއްގެ ކިބައިގައި ހުރެއްޖެނަމަ އެއީ އެ ކުއްޖެއްގެ ޝަޚުސިއްޔަތަށް އިތުރުވެގެންދާނެ ވަރަށް ރަނގަޅު ސިފައެއް ކަމަށެވެ. އަދި ތިމާއަށް ލިބޭ ނިޢުމަތާއި އުފަލާއި ހިތްހަމަޖެހުމުގައި އަބަދުވެސް މައިންބަފައިން ޝާމިލްކުރަން ޖެހޭނެކަން ފާހަގަކުރައްވައި، މިއަދު މި ހިސާބަށް އާދެވިފައި މިވަނީ މައިންބަފައިންގެ ބުރަ މަސައްކަތާއި، ހެޔޮ ނަސޭޙަތާއި ހެޔޮ ދުޢާގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ފެށި ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ޚަޠީބުންގެ އާ ޖީލެއް ބިނާކުރުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ، އިމާމުކަމުގެ ސެޓްފިކެޓް ލެވެލް 1، 2، އަދި 3 ނިންމާ އިމާމުކަމަށް ނިކުންނަ ފަރާތްތަކާއި، ނިޒާމީ ތަޢުލީމުގެ ތެރެއިން އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ޢިލްމު އުނގެނިގެން އިސްލާމް މާއްދާއިން މަތީ ދަރަޖަ ހޯދާ ފާސްވެގެން އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ފުރިހަމަ ޤާބިލިއްޔަތުކަން ހުންނާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމް މުޤައްރަރަކީ ވަރަށް ގިނަ މަޢުލޫމާތު އޭގައި ހިމެނޭ ވަރަށް ފުޅާ މުޤައްރަރެއްކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން