ޑައިވިންގ ހާދިސާތަކުގައި ބޭނުންކުރުމަށް އެމްއެންޑީއެފަށް ޕޯޓަބަލް ހައިޕަރބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ހަދިޔާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
ޑައިވިންގ ހާދިސާތަކުގައި ބޭނުންކުރުމަށް އެމްއެންޑީއެފަށް ޕޯޓަބަލް ހައިޕަރބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ހަދިޔާކޮށްފި

ޑައިވިންގ ހާދިސާތަކުގައި ބޭނުންކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ޕޯޓަބަލް ހައިޕަރބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ހަދިޔާކޮށްފިއެވެ.

މި ޔުނިޓަކީ "ހައިޕަރބެރިކްސް ޔޫރަޕް" ގެ ފަރާތުން ދިވެހި އަސްކަރިއްޔާއަށް ވެދެއްވި ދީލަތި އެހީތެރިކަމެކެވެ. މި ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސްއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އިންޓެގްރޭޓެޑް ހެޑްކުއާޓާޒްގައެވެ.

އެމްއެންޑީއެފުން ވަނީ މިފަދަ އަގުހުރި އެހީތެރިކަމެއް ފޯރުކޮށްދެއްވި ކަމަށްޓަކައި ހައިޕަރބެރިކްސް ޔޫރަޕަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. މި ޔުނިޓުގެ ސަބަބުން ކަނޑުއަޑީގެ ތަފާތު ހާދިސާތަކާއި ޑައިވިންގ ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

މިއަދު އޮންލައިން