އުފެއްދުންތެރިކަމުގެ މައުރަޒުގައި ދީނީ އުފެއްދުންތަކަށް ޚާއްސަ ދާއިރާއެއް ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އުފެއްދުންތެރިކަމުގެ މައުރަޒުގައި ދީނީ އުފެއްދުންތަކަށް ޚާއްސަ ދާއިރާއެއް ތަޢާރަފްކޮށްފި

މިއަހަރު ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ދީނީ އުފެއްދުންތަކަށް ޚާއްސަ ދާއިރާއެއް ތަޢާރަފްކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ. މިއީ މިފަދަ އުފެއްދުންތަކަށް ލިބެމުންދާ ތަރުހީބަށް ބަލައި ގެނެވުނު ބަދަލެކެވެ.

ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބީސީސީގެ ސްޓްރެޓީޖިކް ޑިވެލޮޕްމެންޓުގެ އެސިސްޓެންޓް ޑިރެކްޓަރ އަރީސާ މޫސާ ވިދާޅުވީ، މިދިޔަ އަހަރުގެ މައުރަޒުގައި ދީނީ އުފެއްދުންތައް ބައިވެރިކޮށްފައިވަނީ އެހެނިހެން ދާއިރާތަކުގެ ގިންތިތަކުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، އެފަދަ އުފެއްދުންތަކަށް އޮތް ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރު ވަކި ދާއިރާއެއްގެ ގޮތުގައި ދީނީ އުފެއްދުންތައް ހިމަނައި، އެ ދާއިރާގެ ދަށުން އެކި ގިންތިތައް ވެސް ކަނޑައަޅާފައިވާ ކަމަށް އަރީސާ ވިދާޅުވިއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ބީސީސީން ހާމަކުރި ގޮތުގައި، މި މައުރަޒުގައި ތަކެތި ބައިވެރިކުރުމަށް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މިމަހުގެ 31 ވާ ބުދަ ދުވަހެވެ.

މިއަދު އޮންލައިން