ތެލާއި ގްރީސް ކޮންޓްރޯލްކުރުމާ ބެހޭ އުސޫލަށް މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ތެލާއި ގްރީސް ކޮންޓްރޯލްކުރުމާ ބެހޭ އުސޫލަށް މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ކަމާބެހޭ ދާއިރާތަކުގެ ފަންނީ ބޭފުޅުންނާއި ހިއްސާދާރުންނާއެކު، "ޑްރާފްޓް އޮއިލް އެންޑް ގްރީސް ޓްރެޕް ގައިޑްލައިން" އާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ތެލާއި ގްރީސް ބޭރުކުރުން ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި އެކުލަވާލާފައިވާ އުސޫލު އިތުރަށް ފުރިހަމަކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދާއިރާގެ މުހިންމު ފަރާތްތަކުން ބައިވެރިވެ، އުސޫލު ތަންފީޒުކުރުމުގައި ކުރިމަތިވެދާނެ އަމަލީ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އެކުލަވާލާފައިވާ ޑްރާފްޓް ގައިޑްލައިނާ ބެހޭގޮތުން ހިއްސާދާރުންގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި، އެ ފަރާތްތަކުގެ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމެވެ. މީގެ އިތުރުން، މި ދާއިރާގައި ތެލާއި ގްރީސް މެނޭޖްކުރުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ބައިވެރިންގެ ފަރާތުން އަގުހުރި ހިޔާލުތަކެއް ވަނީ ލިބިފައެވެ.

މިއަދުގެ ބައްދަލުވުމުން ލިބުނު ފާހަގަކޮށްލެވޭ ހިޔާލުތަކާއި މަޝްވަރާތަކުގެ އެހީގައި، މި ގައިޑްލައިން އިތުރަށް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށާއި ދާއިރާގެ ކުރިއެރުމަށް މަގުފަހިވާނެ ފަދަ ގޮތަކަށް ފައިނަލް ކުރެވޭނެ ކަމަށް މި މަސައްކަތު ބައްދަލުވުން އިންތިޒާމުކުރި ފަރާތުން މައުލޫމާތު ދެއެވެ.

ހަބަރު؛ ސަރުކާރު

މިއަދު އޮންލައިން