ނިއުޒީލަންޑް ހައިކޮމިޝަންގެ ކައުންސެލަރާއާ ސީޕީ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ނިއުޒީލަންޑް ހައިކޮމިޝަންގެ ކައުންސެލަރާއާ ސީޕީ ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ނިއުޒީލަންޑް ހައިކޮމިޝަންގެ ކައުންސެލަރ އަދި އިރެގިއުލަރ މައިގްރޭޝަން ލިއޭޒަން އޮފިސަރ، ޑިޓެކްޓިވް އިންސްޕެކްޓަރ މިސް ސޯނިއާ ޑަގްލަސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ނިއުޒީލަންޑާ ދެމެދު ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން މިހާރު ގާއިމުކުރެވިފައިވާ ގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ދެ ގައުމުގެ ފުލުހުންގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި، ދިވެހި ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ނިއުޒީލަންޑް ފުލުހުންނަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ރޭވިގެން ހިންގާ ކުށްތަކާއި މާލީ ކުށްތައް ތަހުގީގު ކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން