ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ސަރަހައްދުތަކުން 15 ރަށަކާއި ފަޅެއްގައި ރިސޯޓުތައް ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެއްފަހަރާ އެންމެ ގިނަ ބިންތަކެއް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރަން އިޢުލާނުކުރި އެއް ފަހަރެވެ.
މި ފަހަރުގެ ބީލަންތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ ރާއްޖޭގައި އަލަށް ތައާރަފުކުރުމަށް ނިންމާފައިވާ "ހަލާލް ޓޫރިޒަމް" ނުވަތަ އިސްލާމީ އުސޫލުތަކަށް ފެތޭ ފަތުރުވެރިކަމަށް ޚާއްސަ ކުރެވިފައިވާ ތިން ސަރަހައްދަށެވެ. އެ ސަރަހައްދުތަކަކީ:
ހަލާލް ޓޫރިޒަމަށް ދޫކުރާ މި ރަށްތަކުގައި ރިސޯޓު ހިންގަންވާނީ 50 އަހަރުގެ މުއްދަތަށެވެ. އަދި މި ރިސޯޓުތައް ހިންގުމުގައި އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާންޖެހޭނެއެވެ. އެގޮތުން، އޫރުމަހާއި ރާ ވިއްކުން މަނާކުރުމާއި، ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ޚިދުމަތްތައް ދޭންޖެހެއެވެ. އަދި މުވައްޒަފުންނާއި ފަތުރުވެރިންނަށް ޚާއްސަކޮށް ވަކިން ދެ މިސްކިތް ބިނާކުރުމަކީވެސް ލާޒިމް ކަމެކެވެ.
މީގެ އިތުރުން، ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި އުތުރުގެ އަތޮޅުތަކުން 10 ފަޅެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހއ. މާދުނި ފަރުން 3 ފަޅު، ހދ. މަަކުނުދޫ ފަރާއި މާފަރުން 4 ފަޅު، އަދި ށ. ގޮނާ ފަރުން 3 ފަޅު ހިމެނެއެވެ. މިއިން ކޮންމެ ފަޅަކީ 200 ހެކްޓަރުގެ ސަރަހައްދެއް ކަމަށާއި، ކޮންމެ ތަނެއްގައި މަދުވެގެން 150 އެނދު ތަރައްގީކުރަން ޖެހޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، އިސްލާމީ އުސޫލުތަކަށް އިސްކަންދޭ ފަތުރުވެރިންނަށް ރާއްޖެއިން ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.