މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރަން ތިން ސަރަހައްދެއްގައި ރިހެބް މަރުކަޒުތައް އަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރަން ތިން ސަރަހައްދެއްގައި ރިހެބް މަރުކަޒުތައް އަޅަނީ

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އެ ނުރައްކަލުން މިންޖުކޮށް، އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ފަރުވާދޭ މަރުކަޒުތައް (ރިހެބިލިޓޭޝަން ސެންޓަރުތައް) ގާއިމުކުރުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ޖާގަދީފިއެވެ. މިކަން ހާމަކުރެއްވީ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކާ އެއްގޮތަށް އެކުލަވާލި މި ބަޖެޓުގައި، އިޖުތިމާއީ ގޮތުން ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު ހިންގަމުންދާ ރިހެބިލިޓޭޝަން މަރުކަޒުތަކުގެ އިތުރުން މުޅިން އައު ތިން ތަނެއް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އަވަސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި އޭގެ ސަބަބުން އެފަރާތްތަކަށް އަލުން އާއިލާއާއި، ކިޔެވުމުގެ މާހައުލުގެ އިތުރުން ވަޒީފާގެ މައިދާނަށް ރުޖޫއަވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މަސްތުވާތަކެތީގެ ނުރައްކަލަށް ހުށަހެޅިފައިވާ ޒުވާނުންނަށް ބޭނުންވާ ފަރުވާއާއި، އަލުން މުޖުތަމައަށް ނުކުތުމަށް ބޭނުންވާ އެހީތެރިކަން ފަސޭހައިން ފޯރުކޮށްދެވޭނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، މި ބަޖެޓުގައި އިޖުތިމާއީ އެހީތެރިކަން ބޭނުންވާ އެހެން ދާއިރާތަކަށްވެސް ވަނީ ހާއްސަ އަހަންމިއްޔަތުކަމެއް ދީފައެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ބާރުވެރިކުރުވުމަށްޓަކައި، ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، މާލީ ގޮތުން އަމިއްލަ ފައިމައްޗަ

މިއަދު އޮންލައިން