ހއ، ހދ ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަޒީރު އަހުމަދު ޝިޔާމް ވަނީ ހދ.ނޮޅިވަރަމަށް ވަޑައިނަވާފައެވެ..
މި ދަތުރުފުޅުގައި ވަޒީރު ވަނީ އެރަށުގެ ކައުންސިލާއި ބައްދަލުުކުރައްވާފައިވެއެވެ. އެގޮތުން މި ދެދާއިރާއިން، އެރަށުގެ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ކައުންސިލުން ވަނީ ވަޒީރާއި ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ސްޕޯޓްސް ފިޝިން ކުރިއެރުވުމަށް ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އަދި، ފުޑް ސެކިއުރިޓީ ގާއިމުކުރުމުގައި ހުރި ގޮންޖެހުންތައް ވަނީ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި ބައްދަލުކުރައްވައިފައި، ދަނޑުވެރިކަމުގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިން އެރަށަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވިއެވެ. އަދި ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ކައުންސިލާއިއެކު މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ކޮންޓްރޯލް ކުރުމަށްޓަކައި، ބޭނުންވާ ޕެސްޓްސައިޑް ނޮޅިވަރަމްފަރު ކައުންސިލަށް ވަނީ ހަދިޔާކުރައްވާފައެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި އެރަށުގެ ދަނޑު ބިންތަކަށް ޒިޔާރަތްކުރަތް ކުރައްވައި ދަނޑުވެރިންގެ އަޑު އައްސަވާފައިވެއެވެ.
ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި، އިތުރުން އެރަށުގެ ގައި ގާއިމްކުރާ އެގްރިކަލްޗާ ޕްރޮޖެކްޓް ގެ ސައިޓަށް ވަޑައިގެން މަސައްކަތްތައް ހިނގާގޮތްވެސް ވަޒީރު ވަނީ ބައްލަވާފައެވެ.
ހަބަރު: ސަރުކާރު