"ވާރލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ އޮފިޝަލް ލޯކަލް އެއާލައިން ޕާޓްނަރެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) އިން ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ބާއްވާ އެންމެ ޝަރަފުވެރި އެއް ހަރަކާތް ކަމަށްވާ ވާރލްޑް ޓްރެވަލް އެވޯޑްސް އިންތިޒާމުކުރުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ވެވުނު މުހިންމު އެއްބަސްވުމެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
މި ޕާޓްނަރޝިޕް އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަލީ ސަލީމްއެވެ.
މި އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަންއިން އޮފިޝަލް ލޯކަލް އެއާލައިން ޕާޓްނަރުގެ ހައިސިއްޔަތުން މުވައްޒަފުންގެ ބައިވެރިވުމުގެ އިތުރުން އެއާލައިންގެ ހިދުމަތްތަކާއި، އޮޕަރޭޝަނަލް އެއްބާރުލުން ފޯރުކޮށްދޭނެއެވެ. މީގެ ބޭނުމަކީ މި ބޮޑު އިވެންޓު ކާމިޔާބުކަމާއެކު ރާއްޖޭގައި ކުރިއަށްގެންދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.