ރާއްޖޭގެ އިޤްޠިޞޯދަށް ކުރިމަތިވެފައިވާ މައްސަލަތައް ބޮޑުވެގެން މިއުޅެނީ އެމްޑީޕީގެ ވެރިކަމުގައި ޗާޕުކުރި 8 ބިލިއަން ރުފިޔާ އާއި އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ނުހޯދައި ބޮޑެތި ލޯނުތައް ނަގައި ޤައުމު ދަރަނިވެރިކުރުވީތީކަން އިޤްޠިޞޯދީ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.
ވަޒީރުގެ ވާހަކަފުޅު:
ސޯޝަލް މީޑިއާގައި މި ދައްކަމުން މި އަންނަ ބައެއް ވާހަކަ ތަކާއި ގުޅިގެން އަޅުގަނޑަށް މި މަޖުބޫރުވަނީ މީގެ ހަޤީގަތްތައް ކިޔައިދޭން.
އެއީ ވިޔަފާރިވެރިންނަށް ދަތިކޮށް، ވިޔަފާރިވެރިންނަށް އުނދަގޫ ވާގޮތަށް، ރާއްޖޭގެ އިޤްތިޞާދަށް ގެއްލުން ވާގޮތަށް ކަންކަން ކުރުމަކީ އެއްވެސް ބަޔަކަށް އޭގެން ފައިދާއެއް ވާނެ ކަމެއް ނޫން. އޭގެން ގެއްލުން ވާނީ ހަމަ ދިވެހިރާއްޖެއަށް.
އެހެންވީމަ ބައެއް ވިޔަފާރި ވެރިންނާ އަޅުގަނޑު މިއަދު ޕާސަނަލީވެސް ހަމަ ވާހަކަ ދައްކާލިން މި ފެތުރެމުން، ވިޔަފާރިވެރިންނަށް ޓާގެޓް ކޮށްގެން މިއަންނަ ބައެއް ކަންތައްތައް. މިސާލަކަށް ހެނދުނު ހޭލާގޮތަށް މި ބުނަނީ މިއަދު ޑޮލަރެއް އަރައިފިއޭ 23 ރުފިޔާއަށް. މި ދަތިތަށް އެބަހުރި އިނގޭތޯ.
ދަތިތައް ހުންނާނެކަން އިނގޭތީ އަޅުގަނޑުމެން މިވާހަކަ މަޖްލީހުގަ ތިބެގެންވެސް ދެއްކީ. 2019 ވަނަ އަހަރު މިސާލަކަށް 2023 ވަނަ އަހަރާއި ދޭތެރޭގައި ތަކެތީގެ އަގު ބޮޑުވާން މިހިރީ ފަށާފަ އިނގޭތޯ. ބައެއް ނޫސްތަކުގަ ހުރި ހެޑްލައިންތަކަށް ބައްލަވާ!
- އެކިއެކި ބާވަތްތައް ރާއްޖޭގަ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެން ފަށައިފި. މިއީ 2022 ވަނަ އަހަރުގެ 10 ޖުލައި 19:54 ގައި ނޫހެއްގައި.
- ޕެޓްރޯލް
- ޑީސަލް
- ލޯކަލް މާރުކޭޓުގަ މިސާލަކަށް 2 މެއި 2023 ވަނަ އަހަރު
- ނެޝެނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކް އިން ވެސް ނެރިފަ ހުރި ރިޕޯޓްތަކާއި އެއްޗިހިވެސް މިހުރީ.
- ހަޤީގަތުގައިވެސް ރާއްޖޭގަ ތަކެތީގެ އަގު ބޮޑުވެއްޖެ.
އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ އަށް ބިލިއަން ރުފިޔާ ޗާޕުކުރުން މިއީ ރުފިޔާ ބާޒާރުގައި ތިޔާގި ވި ސަބަބަކީ. އެއާ އެއްވަރަށް ޑޮލަރާއި މެޗު ނުކުރެވިގެން އުޅޭ ހާލަތެއް މިއީ. އެހެންވީމަ ކޮންމެ ދުވަހަކު ހެނދުނު މުޅި ބާޒާރު، މުޅި މާކެޓް ޕެނިކް ކޮށް، ވިޔަފާރި ވެރިންނާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރައިގެން، އޭގެ ނިމޭ ހެޑްލައިންގަ މި އިންނަނީ މުޒާހަރާއަށް ނިކުންނާށޭ އިނގޭތޯ.
އެއީ އަޅުގަނޑު ފާހަގަ ކޮށްލަން މިއުޅޭ ޕޮއިންޓަކީ. މިސާލަކަށް އެހެން ގޮވާލާ ފަރާތްތަކުން، މިއޮތީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ 30 ގައި "ކަރަންޓު އަގު އުފުލި ކާޑު ދެގުނަ ބޮޑުވެ ގޭ ކުލި އިންތިހާއަށް، މަނީ ލޯންޑްރިންނާއި އެކު މާލީ ނިޒާމުގެ އިތުބާރު ގެއްލިއްޖެއެވެ. " އޭރުގެ އެޑްމިނިސްޓްރޭޝަންއަށް.
ދެން މި އޮންނަނީ ކާޑުގެ އަގު ބޮޑުކޮށްގެންވެސް ތޭރަ މިލިއަން ރުފިޔާ ދައުލަތަށް ނުލިބުނޭ، މީ 2016 ވަނަ އަހަރު އޮކްޓޫބަރު 6 ގަ ކޮށްފަ އިން ޓްވީޓްއެއް. މި ކޮންމެ އެއްޗަކާ ގުޅިގެންވެސް މި ގޮވާލަނީ މުޒާހަރާއަށް ނިކުންނަން.
އެހެންވީމަ އަޅުގަނޑުގެ ޕޮއިންޓަކީ، ލިބޭ ކޮންމެ ފުރުސަތެއްގައި ރާއްޖޭގެ ބޮޑެތި މަޝްރޫއުތައް ނުހިންގައި، މިސާލަކަށް ފ އަތޮޅުގައި ހިންގަން އުޅުނު ބޮޑު މަޝްރޫއެއް ހަމަ ފ ވިއްކާލަނީއޭ ކިޔާފަ އިންވެސްޓްމަންޓް ބޭރު ކޮށްލީ. މިހާރު ނ އަތޮޅުގަ ހިންގާ މަޝްރޫއުވެސް ބޭރު ކޮށްލަންވީ. ހަމަ އިއްޔެ އަޅުގަނޑު ދެންނެވިހެން އެ ބޮޑެތި މަޝްރޫއުތައް ހިންގާތީވެސް ގޯސް، ގިނަ ރިސޯޓްތައް ހަދާތީވެސް ގޯސް، ކުދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް ގޯސް. މިހާރު މި އަންނަނީ ރީޓެއިލް އަގުތަކާއި ދޭތެރޭ. އެހެންވީމަ އަޅުގަނޑު މިއަދު ބައެއް ވިޔަފާރި ވެރިންނަށް، ވިޔަފާރިވެރިން އެބޭފުޅުން އިމްޕޯޓް ކުރައްވާ ބޭފުޅުންނަށް މި ދަންނަވާލީ މީގަ އެބޭފުޅުން ދެކޭ ގޮތަކީ ކޮބަހޭ.
ފްރައިޓް އަގު ބޮޑުވެއްޖެ. އިންޓަނޭޝަނަލީ ފްރައިޓް އަގު ބޮޑު. އެއީ ހަނގުރާމައެއް މި ކުރަނީ. ހަނގުރާމަ ހުއްޓާލާ ފައްޓާ މިކަހަލަ ގޮތަކަށް މި އުޅެނީ. އެހެންވީމަ މިހެން އޮތް ހާލަތެއްގައި މާކެޓަށް ލޮޅުން އަރާކަހަލަ ކަންތައްތައް ދޮގު ހަދައިގެން ނުކުރާށޭ އަޅުގަނޑު މި ދަންނަވަނީ. އެއީ އަޅުގަނޑުގެ މެސެޖަކީ.