އިސްރަށްވެހިންގެ ހިޔާވަހި މަރުކަޒަށް ބޭނުންވާ ބިން އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އިސްރަށްވެހިންގެ ހިޔާވަހި މަރުކަޒަށް ބޭނުންވާ ބިން އެމްޓީސީސީއާ ހަވާލުކޮށްފި

ކ. ތުލުސްދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އިސްރަށްވެހިންގެ ހިޔާވަހި މަރުކަޒަށް ބޭނުންވާ ބިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ތުލުސްދޫގައި ބިނާކުރާ "އިސްރަށްވެހިންގެ ހިޔާވަހި" މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ބިން ހަވާލުކުރުމާއެކު، އަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.

އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ތުލުސްދޫގައި މި ގާއިމުކުރެވޭ މަރުކަޒަކީ މި ވަޢުދުފުޅުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

މި މަރުކަޒުތަކުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ޞިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެންމެހާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު މި މަރުކަޒުގައި ހަމަޖެހިގެންދާނެއެވެ.

މިއަދު އޮންލައިން