އެޗްޕީއޭގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
އެޗްޕީއޭގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެމުންގެންދާ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށް، އެ ސަރަހައްދުގައި ޚިދުމަތް ދޭން ފަށައިފިއެވެ.

މިހާތަނަށް އެޗްޕީއޭގެ އިދާރީ މަސައްކަތްތަކާއި ޚިދުމަތްތައް ދެމުން އައީ މާލޭގައި ހުންނަ ސިއްޙީ ވުޒާރާ ހިންގާ ރޯޝަނީ ބިލްޑިންގުގައެވެ. ނަމަވެސް، މިހާރު އެ އެޖެންސީގެ އޮފީސް ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަލަށް ތަރައްގީކޮށްފައިވާ މެންހެޓަން ގްރޭންޑް ހޮޓެލްސް އިމާރާތަށް ބަދަލުކޮށްފައެވެ.

މެންހެޓަން ގްރޭންޑް ހޮޓަލަކީ ހުޅުމާލޭގައި ވެމްކޯގެ ސައިޓާ ޖެހިގެން ތަރައްގީ ކޮށްފައިވާ އިމާރާތެކެވެ. މީގެ އިތުރުން، ސަރުކާރުން ގާއިމުކުރާ މީޑިއާ ވިލެޖު ވެސް ތަރައްގީ ކުރަމުންދަނީ ހަމަ މި އިމާރާތުގައެވެ.

އެޗްޕީއޭގެ އޮފީސް ހުޅުމާލެއަށް ބަދަލުކުރުމާ ގުޅިގެން، އެ އެޖެންސީން ދެމުންދާ ރަސްމީ ޚިދުމަތްތައް ދެން ލިބިގެންދާނީ މި އާ އިމާރާތުންނެވެ.

މިއަދު އޮންލައިން