ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާ މެންދުރުފަހުން ފެށިގެން އަލިވާން ފަށާނެ: މެޓް އޮފީސް

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާ މެންދުރުފަހުން ފެށިގެން އަލިވާން ފަށާނެ: މެޓް އޮފީސް

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާ މެންދުރުފަހުން ފެށިގެން އަލިވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. މި ވިއްސާރައާއެކު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ވައިގެ ބާރުމިން ހުންނާނެ ކަމަށް ބެލެވެނީ ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގައެވެ. އަދި މިރެއާއި މާދަމާ ހެނދުނުވެސް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވަނީ އިރުޝާދު ދީފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން، ޚާއްސަކޮށް ކުދި އުޅަނދުތަކުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން