ކިޔާލައި ބައިވެރިޔާއަށް ޙިއްޞާކޮށްލުމުން ފައިދާކުރާނެ! ދެމަފިރިން ކޮންމެ ދުވަހަކު ލޯބިނުކުރަންޏާ ކުރިމަތިވާނެ 7 މައްސަލަ!

ކިޔުމަށް ހޭދަވާނީ 4މ
ކިޔާލައި ބައިވެރިޔާއަށް ޙިއްޞާކޮށްލުމުން ފައިދާކުރާނެ! ދެމަފިރިން ކޮންމެ ދުވަހަކު ލޯބިނުކުރަންޏާ ކުރިމަތިވާނެ 7 މައްސަލަ!

ސުއިޒާ

 

1.    ބައިވެރިޔެއްގެ އިޙްސާސް ކުރެވުން ހުއްޓި ރޫމް މޭޓެއްގެ (ކޮޓަރީގައި އެކުގަ އުޅޭ މނީހެއްގެ) އިހްސާސް ކުރެވެން ފަށައެވެ.

ގާތްކަން ގެއްލިގެން ދާ ހިނދުގައި ޙަޔާތެއް ހިއްސާ ކުރާ ދެ ލޯބިވެރިންނަށް ވުމުގެ ބަދަލުގައި ޒިންމާތަކެއް ހިއްސާ ކުރާ ދެމީހުންނަށް ވެގެން ދެއެވެ. ދެކެވޭ ވާހަކަތައް އެއީ ފަހުގެ މައުލޫމާތުތައް ހިއްސާކުރުން ކަމުގައި ވެދެއެވެ. ބީހުން އެއީ ނެތް އެއްޗަކަށްވެ، އެކަކު އަނެކަކު ކައިރީގައި ނިދި ނަމަވެސް އިޙްސާސްތައް އެކަނިވެރި ވެދެއެވެ. އެކަކު އަނެކަކަށްޓަކާ ހިތްގައިމު ކަންކަން ރޭވުން ހުއްޓެއެވެ. ދެމީހުން އެކުގައި ޙަޔާތެއް ބިނާކުރުމުގެ ބަދަލުގައި ހަމައެކަނި ގެއެއް ނުވަތަ އާއިލާއެއް ބެހެލެއްޓުން ފަދަ ކަމަކަށް ޙަޔާތް ވެގެންދެއެވެ. ގާތްކަމެއް ނެތިއްޔާ ގުޅުން އެއީ ހަމައެކަނި ތަރުތީބު ކޮށްލެވޭ ރޭވުމަކަށް ވެދެއެވެ.  

2.    އެދުންވެރިކަން ނެތުމުގެ ސަބަބުން ކެރުންތެރިކަން ގެއްލިދެއެވެ. 

ތިބާގެ ބައިވެރިޔާ ތިބާއާ ގާތްވާން ނޫޅޭނަމަ އެކަމުގެ ސަބަބުން ތިބާ، ތިބާ އާއި މެދު ދެކޭގޮތަށް އަސަރު ކުރެއެވެ. ތިބާ އަށް އަދިވެސް މިހުންގެ ސަމާލުކަން ލިބޭތޯ، ނޫނީ ތިބާގެ ކިބައިގައި ކޮންމެވެސް ކަމެއް ގޯހީތޯ ސުވާލު ކުރެވެއެވެ. ތިބާގެ ހަށިގަނޑާއި، ނޫނީ އެ ގުޅުމުގައި ތިބާގެ އެއްވެސް އަގެއް ވޭތޯ ތިބާއަށް ސުވާލު ކުރެވެއެވެ. އެ ހަމަހިމޭން  ނުތަނަވަސް ކަމުގެ ސަބަބުން ތިބާގެ އުޅުމަށް ބަދަލު އާދެއެވެ. ކަންކަމުގައި ތިބާ ގަބޫލުނުކޮށްފާނެ ކަމުގެ ބިރު އޮތަތީ އިމޯޝަނަލީ ތިބާ ފަސްޖެހެއެވެ. ގުޅުމުގައި އޮތް އިތުބާރު މަޑުމަޑުން ފަނޑު ވެގެން ދެއެވެ. ސަބަބަކީ އެދުންވެރިކަމުގެ އިޙްސާސް އަކީ ލޯތްބަށް ބޭނުންވުމުގެ އެއް ބައެވެ.  

3.    ކުދިކުދި ކަންކަމާ ޒުވާބު ކުރަން ފެށުން:

ގާތް ކަމަކީ އިޙްސާސްތަކަށްވާ ތެރަހެއް ފަދަ އެއްޗެކެވެ. އެކަމާ ނުލައި ކޮންމެ ކަމެއްވެސް ވަރަށް ނާޒުކު ވެއެވެ. ޖަވާބު ދިނުން ލަސްވެއްޖެނަމަ އެއީ އިޙްތިރާމް ނުކުރުން ކަމުގައި ވެއެވެ. ކަމެއް ހަނދާން ނެތުން އެއީ ޒާތީގޮތުން ދިން ހަމަލާއަކަށް ވެދެއެވެ. ވާހަކަ ދެއްކުމުގެ ރާގުން ހިތްހަމަ ނުޖެހިދެއެވެ. އެކަކު އަނެކަކަށް ހިތްވަރު ދިނުމުގެ ބަދަލުގައި ގޮތް ދައްކާލެވޭތަން އާދެއެވެ. ހިތްހަމަ ނުޖެހުންތައް ހަމަޖައްސަމުން އައި ލޯބީގެ ބާރު ކެނޑި ދެއެވެ. ދެމީހުންގެ ދެމެދުގައިވާ ދުރު ކަމުގެ ސަބަބުން ކުދިކުދި ކަންތައްތަކާ ތިބާ ފެއިލްވެގެންދެއެވެ. 

4.    އެކަކު އަނެކަކަށް ގޮތްދޫ ނުކުރުން:

ގުޅިގެން އުޅޭ ދެމީހުން އެކުގައިވާން ވަޤުތު ނުހޯދާނަމަ ގުޅުމުގައިވާ އޯގާތެރިކަން ނެތިގެން ދެއެވެ. ލޯބިން ކިޔާ ނަންތައް ބޭނުން ކުރުން ހުއްޓާލައެވެ. އެކަކު އަނެކަކުގެ ގައިގައި ފިރުމާލާ ބީހިލާ އުޅުން، އަދި އެކަކު އަނެކަކަށް ބަލާ އުޅުނު އިޝްޤީ ބެލުންތައް ހުއްޓެއެވެ. ގުޅުން ސީރިއަސްވެ ބުރަވެއެވެ. އަދި މުއާމަލާތު ކުރުމުގެ ވައްޓަފާޅި ބަދަލުވެއެވެ. ގާތްކަން ނެތިގެން ހިނގައްޖެނަމަ އޯގާތެރިކަން ދެމިއެއް ނޯވެއެވެ.  

5.    އެހެން ދިމާލުން ސަމާލުކަން ހޯދަން ފެށުން:

ބައިވެރިޔާ ގޭގައި ވީނަމަވެސް ލޮލަށް ނުފެންނަނަމަ ބޭރުތެރޭގެ ސަމާލުކަން ބޮޑުވެގެން ދެއެވެ. ވަރަށް ކުޑަ ތަޢުރީފެއްވެސް ވަރަށް މާނަ ހުރި ކަމަކަށް ވެދެއެވެ. އާދައިގެ މުއާމަލާތަކުންވެސް ހިތް ހަމަޖެހުން ލިބެއެވެ. ތިބާ ނުރައްކަލަށް ހުށައެޅެން މަސެއްކަތް ކުރަނީއެއް ނޫނެވެ. ތިބާ ވަނީ އެދުންވެރި ކަމުގެ އިޙްސާސް އަށް ދަހިވެތި ވެފައެވެ. 

އިމޯޝަނަލީ އަދި ފިޒިކަލީ އޮންނަންވާ ގުޅުންތައް ގޭތެރޭގައި ނޯއްނަ ނަމަ ދަހިވެތިކަމަށް އިޖާބަނދޭނީ ދޭން ނުވާ ފަރާތްތަކުންނެވެ. މިކަން ފެށެނީ ބޭވަފާތެރި ކަމަކުން ނޫނެވެ. މިކަން ފެށެނީ ފަރުވާ ކުޑަ އަޅާ ނުލެވުމުގެ  ސަބަބުންނެވެ.  

6.    އެކަކު އަނެކަކުގެ އިހްސާސްތަކާ މުޅިން ދުރުވުން:

އިމޯޝަނަލް އަންޑަސްޓޭންޑިންގް ގުޅިފައިވަނީ ފިޒިކަލީ އޮންނަ ގުޅުމުގެ މައްޗަށެވެ. މިކަން ނެތިގެން ދާ ހިސާބުން އެކަކު އަނެކަކުގެ އިހްސާސްތައް ދެނެގަތުން ހުއްޓާލައެވެ. ތިބާގެ ބައިވެރިޔާއަށް ކުރާ އަސަރުތައް ފާހަގަވުން ނެތިގެން ދެއެވެ. ކުރިން އުޅުނުގޮތަށް ހާލު ބަލާ އުޅުން ހުއްޓެއެވެ. ދެމީހުންގެ މެދުގައި އޮތް ގުޅުން ބަލިކަށި ވެދެއެވެ. ގާތްކަމެއް ނެތުމުގެ ސަބަބުން އެކަކު އަނެކަކާމެދު ޝައްކު ކޮށް އެކަކު އަނެކަކު ދެނެގަތުން ދުރުވެއެވެ.

7.    ދެމީހުންގެ ގުޅުން ލޯބީގެ ބަދަލުގައި ވެވޭ އެއްބަސް ވުމަކަށް ވެދެއެވެ:

ގާތްކަމެއް ނެތް ކައިވެންޏަކީ ގުޅުމަކަށްވުރެ ތަރުތީބު ކޮށްލެވޭ އެއްބަސްވުމަކަށް ވެދެއެވެ. ތިބާއަށް ޒިންމާތައް މަތިކުރެވެއެވެ. އެހެނަސް އެކަކު އަނެކަކަށް ނޫނެވެ. އެކުގައި ވީނަމަވެސް އެކަކަކު އަނެކަކުގެ ފަރާތުން އުފާވެރިކަމެއް ނުލިބެއެވެ. ކައިވެނި ދެމިހުރުމުގެ އަސްލު ކަމުގައިވާ ގާތްކަން މަޑުމަޑުން ނެތިގެން ދެއެވެ. ހަޤީގަތަކީ ގާތް ކަމަކީ ހަމައެކަނި ފިޒިކަލީ ވެވޭ ގާތްކަމެއް ނޫނެވެ. އެއީ މި ގުޅުމުން ދެމީހުންގެ ހިތުގައި ޖަހާ ވިންދެވެ. ކައިވެނި ސަލާމަތް ކުރަން ބޭނުންނަމަ ހަނު ހުރުމުގެ ކުރިން ގުޅުން ދަމަހައްޓާށެވެ. ދުރުކަމާއި ހުސްކަމުގެ ސަބަބުން ލޯބި ބިނާކޮށްފައިވާ ހުރިހާ އެއްޗެއް ނެތިގެން ދެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

- މިއަދުނޫސް

މިއަދު އޮންލައިން