މާމިގިލި މަގުތައް ހެދުމުގެ މަޝްރޫޢުގެ 95 އިންސައްތަ ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
މާމިގިލި މަގުތައް ހެދުމުގެ މަޝްރޫޢުގެ 95 އިންސައްތަ ނިންމާލައިފި

އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަމަށް ހާމަކޮށްފިއެވެ. އެގޮތުން މިހާރު މި މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް ވަނީ މުޅިން ނިމިފައެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތެވެ. މިއީ މަޝްރޫޢުގެ އެންމެ ފަހުގެ މަރުހަލާތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން މާމިގިލީގައި ޖުމްލަ 4.89 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިމުމުން އެ ރަށުގެ ދަތުރުފަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މާމިގިލީގެ މަގުތައް ހެދުމުގެ މަސައްކަތަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައާއި ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މިއަދު އޮންލައިން