ދިވެހިރާއްޖޭގެ މުއާމަލާތްކުރުމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެމުންދާ އޫރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، މޯލްޑިވިއަންއާ ގުޅިގެން ބަންގްލަދޭޝްގެ ޑާކާއަށް ދެކޮޅު ޓިކެޓު ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް ހިމެނޭހެން ގިނަ ހަރަކާތްތަކެއް އިއުލާނުކޮށްފިއެވެ. 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޚިދުމަތް ދެމުން އަންނަ އޫރީދޫގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރަނީ 2026 އޯގަސްޓު 1 ގައެވެ.
މި އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަންތަކުގެ ތެރެއިން، 400 ރުފިޔާއަށްވުރެ މަތިން ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް މޯލްޑިވިއަންއިން ސްޕޮންސަރުކުރާ ޑާކާ ދެކޮޅު ޓިކެޓު ލިބޭނެއެވެ. އޯގަސްޓު މަހުގެ ތެރޭގައި ކޮންމެ 10 ދުވަހަކުން މި ޕްރޮމޯޝަންގެ ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އޫރީދޫ ސުޕަރ އެޕް މެދުވެރިކޮށް މާސްޓަރކާޑުން ވިޔަފާރިކުރާ ފަރާތްތަކަށް މެލޭޝިޔާ ދެކޮޅު ޓިކެޓު ލިބޭ ފުރުސަތެއްވެސް ވަނީ ހުޅުވާލާފައެވެ.
އޫރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ ވިދާޅުވީ، "ރާއްޖޭގައި 21 އަހަރު ފުރުން ފާހަގަކުރާއިރު، އަޅުގަނޑުމެން ފާހަގަކުރަނީ ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރި އިތުބާރާއި އެކުގައި ކުރެވުނު ކާމިޔާބު ދަތުރެވެ." އޭނާ އިތުރަށް ވިދާޅުވީ އޫރީދޫގެ އަމާޒަކީ އީޖާދީ ވަސީލަތްތަކާއެކު ފުރިހަމަ، ރައްކާތެރި އަދި އެންމެން ބައިވެރިކުރާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުން ކަމަށެވެ.
ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަންދީގެން އޫރީދޫއިން ވަނީ ޓްރޫކޯލާ ޕްރީމިއަމް ޚިދުމަތް އޫރީދޫ ބިލަށް ޗާޖުކުރެވޭ ގޮތަށް ތައާރަފުކޮށްފައެވެ. އަދި އާއިލާތަކަށް ރައްކާތެރި އިންޓަނެޓް މާހައުލެއް ފޯރުކޮށްދިނުމަށް "ޗައިލްޑްސޭފް" ގެ ނަމުގައި 5ޖީ އެއާފައިބާ ޕޭރެންޓަލް ކޮންޓްރޯލް ޚިދުމަތެއްވެސް ވަނީ ތައާރަފުކޮށްފައެވެ. މި ޚިދުމަތް 2026 އޯގަސްޓު މަހުގެ ނިޔަލަށް މުޅިން ހިލޭ ލިބޭނެއެވެ.
އަހަރީ ދުވަހުގެ ހަދިޔާއެއްގެ ގޮތުން އޯގަސްޓު 1 ވަނަ ދުވަހު ހުރިހާ ކަސްޓަމަރުންނަށް 21 ޖީބީގެ ހިލޭ ޑޭޓާ ޕެކެއް އޫރީދޫ ސުޕަރ އެޕް މެދުވެރިކޮށް ލިބޭނެއެވެ. މީގެ އިތުރުން ސުޕަރނެޓް ކަސްޓަމަރުންނަށް 21 ރުފިޔާއަށް 21 ޖީބީ ލިބޭ އެޑް-އޮންއަކާއި، ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ޕްލޭންތައް އަޕްގްރޭޑްކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއްވެސް ވަނީ ހަމަޖައްސާފައެވެ.
މި ހަރަކާތްތަކުގެ ތެރެއިން އޫރީދޫއިން ވަނީ ކުރިއަށް އޮތް 'އޫރީދޫ ފަން ރަން' 2026 ޑިސެމްބަރު 11 ގައި ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އަދި "ލިވް އަންލިމިޓެޑް" ކެމްޕޭނުގެ ބޮޑު އިނާމު ކަމަށްވާ ހައްޖު ދަތުރުގެ ނަސީބުވެރިއަކަށް މިޞްރިއްޔާ ޢަލީ ހޮވުނުކަންވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.