މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށްޓަކައި ޖުމްލަ 9.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިކަން ހާމަވެފައިވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މަންތުލީ ފިސްކަލް ޑިވޮލޮޕްމެންޓް ރިޕޯޓުންނެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ލޯނުތައް އަނބުރާ ދެއްކުމަށް ޚަރަދުކޮށްފައިވަނީ 3.3 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ކުރި ޚަރަދު ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 178 އިންސައްތަ އިތުރުވެފައެވެ. މުޅި މިއަހަރުގެ ތެރޭގައި ލޯނުތައް އަނބުރާ ދެއްކުމަށް 12.9 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.
ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ޖުމްލަ ޚަރަދު އިތުރުވެފައިވީ ނަމަވެސް، މިދިޔަ ޖޫން މަހު އެކަނި މިކަމަށް ކުރި ޚަރަދު ވަނީ ދަށްވެފައެވެ. އެގޮތުން ޖޫން މަހު ލޯނު ދެއްކުމަށް ޚަރަދުކޮށްފައިވަނީ 288 މިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު ޚަރަދުކުރި 697 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 58 އިންސައްތަ ދަށް އަދަދެކެވެ.
ސަރުކާރުން މިއަހަރު ބޮޑެތި ލޯނުތައް ދެއްކުމުގައި ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކޮށްފައިވާ ފައިސާއެވެ. ސޮވެރިން ފަންޑަކީ ކުއްލި ހާލަތްތަކުގައި ކުރިމަތިވެދާނެ ކަންކަމަށާއި، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ އިތުރުން، އިޤްތިޞާދަށް އަތުވެދާނެ ލޮޅުންތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ރިޒާވްއާ މުޅިން ވަކިން ބަލަހައްޓާ ފަންޑެކެވެ.