ދިވެހި ޤައުމިއްޔަތުގެ އިސްވާރުން ބާއްވާ ސިންތާތަކުގެ ސަބަބުން ޤައުމިއްޔަތާއި ތާރީޚާ ގުޅޭ އައު މަޢުލޫމާތުތައް ޒުވާނުންނަށް ލިބޭ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދިވެހި ޤައުމިއްޔަތުގެ އިސްވާރުން ބާއްވާ ސިންތާތަކުގެ ސަބަބުން ޤައުމިއްޔަތާއި ތާރީޚާ ގުޅޭ އައު މަޢުލޫމާތުތައް ޒުވާނުންނަށް ލިބޭ: ވަޒީރު

ދިވެހި ޤައުމިއްޔަތުގެ އިސްވާރުން ބާއްވާ ސިންތާތަކުގެ ސަބަބުން ޤައުމިއްޔަތާއި ތާރީޚާ ގުޅޭ އައު މަޢުލޫމާތުތައް ޒުވާނުންނަށް ލިބެމުންދާކަމަށް ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ބޭއްވި "އަހުލިހަ ނަކަތުގެ ސިންތާ" ގައި ބައިވެރިވެވަޑައިގަތުމަށްފަހު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

ވަޒީރު ހީނާ ވަލީދު ވިދާޅުވި ގޮތުގައި މިފަދަ ހަރަކާތްތަކަކީ ދަރިވަރުންނާއި ތާރީޚީ ޢިލްމަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތްތަކެކެވެ. މި ސިންތާތަކުގެ ސަބަބުން ޤައުމިއްޔަތާއި ގުޅުންހުރި އެކި ދާއިރާތަކުން ޒުވާނުންގެ ހޭލުންތެރިކަން އިތުރުވެ، ތާރީޚީ ކަންކަމަށް އޮންނަ ޝައުޤުވެރިކަން ބޮޑުވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދިރާސާތަކުގެ އަލީގައި ޤައުމީ އަދި ވަޠަނީ މަޢުލޫމާތުތައް ސައްހަކަމާއެކު ފޯރުކޮށްދިނުމަށް މި ސިންތާތަކުން ބާރުއަޅާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަދު ކުރިއަށްދިޔަ އަހުލިހަ ނަކަތުގެ ސިންތާއަކީ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދިޔަ ފުރިހަމަ ހަރަކާތެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދިރާސާކުރާ ފަރާތްތަކުން މިފަދަ ސިންތާތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އިލްތިމާސްކުރެއްވިއެވެ. މިފަދަ ޢިލްމީ ބައްދަލުވުންތަކަކީ ޤައުމުގެ ތާރީޚާއި ސަގާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން