ހިރިޔާ ސްކޫލުގައި "ވިލުންވެށި" ސްކޫލް ގާޑަން ޕްރޮގްރާމުގެ ފުރަތަމަ ބަގީޗާ އިފްތިތާޙުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ހިރިޔާ ސްކޫލުގައި "ވިލުންވެށި" ސްކޫލް ގާޑަން ޕްރޮގްރާމުގެ ފުރަތަމަ ބަގީޗާ އިފްތިތާޙުކޮށްފި

މޫސުމީ ބަދަލުތަކަށް ވިލުންތެރި ޖީލެއް ބިނާކުރުމަށާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ "ވިލުންވެށި" ޕްރޮގްރާމުގެ ފުރަތަމަ ބަގީޗާ މިއަދު ހިރިޔާ ސްކޫލުގައި އިފްތިތާޙުކޮށްފިއެވެ.

ހިރިޔާ ސްކޫލުގައި ގާއިމުކުރި މި ބަގީޗާއަށް ދީފައިވާ ނަމަކީ "ގާޑަން އޮފް ގްރޯތު" އެވެ. މި ބަގީޗާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.

މި ރަސްމިއްޔާތުގައި ޖައިކާ މޯލްޑިވްސް އޮފީހުގެ ރެޕްރެޒެންޓޭޓިވް މޮޓޫ ޓާކީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީ އަދި ހިރިޔާ ސްކޫލުގެ އިސްވެރިންނާއި ކަމާގުޅޭ އެކި ދާއިރާތަކުގެ ބޭފުޅުން ބައިވެރިވިއެވެ.

މިއަދު އޮންލައިން