3 ރައީސުންގެ ވެރިކަމަށްވުރެ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުން ރައްޔިތުންނަށްކުރާ ފައިދާ މާބޮޑު! އެކަން ރައްޔިތުންނަށް މިހާރުވެސް އަންނަނީ ފެންނަމުން!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
3 ރައީސުންގެ ވެރިކަމަށްވުރެ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުން ރައްޔިތުންނަށްކުރާ ފައިދާ މާބޮޑު! އެކަން ރައްޔިތުންނަށް މިހާރުވެސް އަންނަނީ ފެންނަމުން!

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށިގެން އައީ ޚިޔާލަށްވެސް ގެންނަން ދަތި މިންވަރަށް ބުރަބޮޑުކޮށެވެ. ހިނެދެމިލެވޭނެ ގޮތެއް ނެތެވެ. 40 އަހަރުން ޤައުމު ނުދަރާވަރަށް ފަހު 5 އަހަރު އެކަނިވެސް އޮތީ ދަރިވާލައިފައެވެ. ވާދަވެރިން އުންމީދުކޮށްގެން ތިބީ ދަރަނި ނުދެއްކިި ފިތިބާރުވާނެ ކަމަށެވެ. ކުރީގެ ވެރިކަންތަކުގައި ދަމަހައްޓަމުން އައި ދަރަނިއަދާކުރަން ދަރަނިވެރިވުމުގެ ޘަޤާފަތް ދަމަހައްޓަން ޖެހޭނެ ކަމަށެވެ.  

ދަރަނިއަދާކުރަން ދަރަނިވެރިވުމަކީ ކުރަން އެންމެ ފަސޭހަ ކަންތައް ނަމަވެސް އެކަންކުރާވަރަކަށް ބުރަބޮޑުވަމުންދާނީ ރައްޔިތުންނަށް ކަމަށްވާތީ ރައީސް މުޢިއްޒު ނިންމެވީ ކުޑަކޮށް ފިތިލާފައި ނަމަވެސް ރައްޔިތުންނަށް ހިންދެމިލެވޭނެ ގޮތަކަށް ކަންކަން ޙައްލުކުރެއްވުމަށެވެ. ވީމާ ވެރިކަން ފެށިގެން އައީ ކުޑަ ފިތުމަކާއިއެކުގައެވެ.  

އިދިކޮޅުން ހީކޮށްތިބީ ފިތިބާރުވެ ގޮތްހުސްވާނެ ކަމަށެވެ. ފުރުޞަތުގެ ނާޖާއިޒު ފައިދާ ނަގައި ވެރިކަން ވައްޓައިލެވޭނެ ކަމަށެވެ. ނަމަވެސް އެކަމަށް ދެކެމުން އައި ހުވަފެންވީ ބޮޑުބިލާހަކަށެވެ. ސަބަބުތައް ބައިވަރެވެ.  

މަސައްކަތްކުރަން ބޭނުންވާ މީހުންނަށް ފައިށާލިބޭނެ ގޮތް ފަހިވަމުންދަނީއެވެ. އިންޓްރެސްޓްވެސް މާކުޑައެވެ. ލިބުންވެސް މާފަސޭހައެވެ. ކުރިއަރައިދިއުމުގެ ފުރުޞަތުތައްވެސް އެތައް ގިނައެއް ބޮޑުވަނީއެވެ.  

ކުރިން ރައްޔިތުންނަށް ދައްކަމުން އައި ހުވަފެނަކީ އިނގިރޭސިވިލާތުގެ އެހީތެރިކަން ލިބޭނީ ހަމައެކަނި އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. ނަމަވެސް އެމްޑީޕީގެ 2 ވެރިކަން ނިމުނުއިރުވެސް މަހުގެ ޑިޔުޓީގައި އަތްވެސް ނުލެވުނެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މިހާރުވެސް އެވަނީ މަހުގެ ޑިޔުޓީ ކަނޑައިލެވިފައެވެ. މަހަށް ރަނގަޅު އަގު ލިބުމުގެ ފުރުޞަތު ބޮޑުވެފައެވެ. ނަތީޖާއަކަށްވާނީ ރާއްޖޭގެ އާބާދީގެ ގިނަ ބައަކަށް ތަނަވަސްކަން އިތުރުވުމެވެ.  

ދަރަނިމައްޗަށް ދަރަނިވެރިނުވެ ދަރަނިތައް އަދާކުރަމުން ޙަލާލު ގޮތުގައި ޤައުމުގެ އިޤްޠޮޞޯދުކުރިއަރުވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރަވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ރަނގަޅު ނަތީޖާ މިހާރުވެސް މިދަނީ ފެންނަމުންނެވެ.  

ފެންނަމުން ދަނިކޮށް ޕރެސް ބާއްވައި 3 ރައީސުން މިގުޅުނީ މާބޮޑުކަމެއް ކަމެއް ޙައްލުކުރަންކަމަށާއި ރައްޔިތުން ސަލާމަތްކުރަން ކަމަށްބުނެ ވާހަކަތައް ދެއްކިއިރު ސަލާމަތްކުރަން މިއުޅެނީ ކޮންކަމަކުން ކަމެްއްވެސް ބުނެއެއް ނުދެވުނެވެ. ރައްޔިތުންނަށް ފެންނަމުންދަނީ ކުރީގެ ވެރިކަންތަކުން ރައްޔިތުން އަޅުވާފައިވާ ކަސްތޮޅުން ސަލާމަތްކުރަން މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ.  

ރައްޔިތުންގެ ބައަކަށް އޮޅުވާލައިގެން ހަލަބޮލިކުރުވިދާނެއެވެ. ނަމަވެސް ޙަޤީޤަތް ދެމިއޮންނާނެއެވެ. ބުއްދީގެ ބޭނުންކުރާ ބައަކަށް މިވާގޮތް ވިސްނޭނެއެވެ. ތަނަވަސް، އުފާވެރި ދިރިއުޅުމެއް ލިބެން އޮތް ފުރުޞަތު ދޫކޮށެއް ނުލާނެއެވެ. އިން ޝާ ﷲ ރައްޔތުން ތިބޭނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއިއެކުގައެވެ. ޙަޤީޤަތް އޮޅުވާލަން ބައަކު އުޅުނަސް ރއްޔިތުންގެ ގިނަ ބައެއްގެ ކިބައިން އިވެނީ މިފަދަ އަޑުތަކެވެ.

މިއަދު އޮންލައިން