އެމްފައިސާ އެކައުންޓް ޕޭޕާލް އާ ލިންކް ކުރުމަށް މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ އުރީދޫ ސްޓޯލަށް ވަޑައިންނަވާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
އެމްފައިސާ އެކައުންޓް ޕޭޕާލް އާ ލިންކް ކުރުމަށް މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ އުރީދޫ ސްޓޯލަށް ވަޑައިންނަވާ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި 2026 ޖުލައި 2 އިން 4 އަށް، ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގެ ޕާޓްނަރަކަށް ވުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ބޮޑު ފަޚުރެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ މި އެކްސްޕޯއަކީ މާލީ ދާއިރާގެ މުހިންމު ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މާލީ ހޭލުންތެރިކަމާއި، އީޖާދީ ކަންކަމާއި، އަދި މާލީ ކަންކަމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ ޙަރަކާތެކެވެ.

މި އެކްސްޕޯގައި، އުރީދޫ ފިންޓެކްގެ ފަރާތުން އެ ކުންފުނީގެ ފުޅާވަމުންދާ ޑިޖިޓަލް މާލީ ނިޒާމު ދައްކާލާނެއެވެ. މީގެ ތެރޭގައި ދާދިފަހުން ތަޢާރަފުކުރި، އެމް-ފައިސާއާ ޕޭޕަލް (PayPal) ގުޅާލުމުގެ ޚިދުމަތް ހިމެނެއެވެ. މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރުގެ ފައިސާ، ސީދާ އެމް-ފައިސާ ވޮލެޓަށް ލިބޭނެ މަގު ފަހިވެގެންދެއެވެ. މިއީ ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އުފެއްދުންތެރިންގެ އިތުރުން އެހެނިހެން ވިޔަފާރިތަކަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ބައިވެރިވުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެކެވެ.

މީގެ އިތުރުން، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ފިންޓެކް އަޙްމަދު ނޫމާން، ޑިޖިޓަލް ޕޭމަންޓްތަކާއި މާލީ އީޖާދުތަކުގެ މުސްތަޤްބަލާ ބެހޭގޮތުން ބާއްވާ ޕެނަލް މަޝްވަރާއެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި މަޝްވަރާގައި، ޑިޖިޓަލް މާލީ ޚިދުމަތްތަކުގެ ސަބަބުން މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުވަމުންދާ ގޮތާއި، ބައިނަލްއަޤްވާމީ ބާޒާރުތަކަށް މަގުފަހިވަމުންދާ ގޮތުގެ މައްޗަށް އޭނާގެ ތަޖުރިބާ ޙިއްޞާކުރައްވާނެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯގައި އުރީދޫގެ ސްޓޯލަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން އާންމުންނަށް ދައުވަތު އަރުވައެވެ. މިއީ އެމް-ފައިސާއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި، އުރީދޫގެ ފުޅާވަމުންދާ ޑިޖިޓަލް މާލީ ނިޒާމުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ކުރިއެރުން ލިބެމުންދާ ގޮތް ދެނެގަތުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.

މިއަދު އޮންލައިން