ސަލްޓަން ޕާކްގައި އީ-ސްޕޯރޓްސް އޭރިއާއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސަލްޓަން ޕާކްގައި އީ-ސްޕޯރޓްސް އޭރިއާއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި

މާލޭގެ ސަލްޓަން ޕާކްގައި އީ-ސްޕޯރޓްސް އޭރިއާއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން ބީލަމަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. މީގެ އިތުރުން، ބީލަމާއެކު ބިޑް ސެކިޔުރިޓީގެ ގޮތުގައި 36,500 ދިވެހި ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށް މާލީ ވުޒާރާއިން ބުނެފައިވެއެވެ.

މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުން، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއީ ރާއްޖޭގައި އީ-ސްޕޯރޓްސް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫޢެކެވެ.

ބީލަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ. ބީލަން ހުޅުވުން އޮންނާނީ އެ ދުވަހުގެ އެ ވަގުތުގައި މިނިސްޓްރީ އޮފް ފައިނޭންސްގެ ބީލަން މާލަމުގައެވެ.

މިއަދު އޮންލައިން