އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ފޯރިގަދަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، "އުރީދޫ ނޭޝަން ކަޕް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ފީފާ ވޯލްޑް ކަޕް 2026 އާ ދިމާކޮށް އެ ކުންފުނިން ކުރިއަށްގެންދާ #OoredooFootballFoari ޙަރަކާތްތަކުގެ ބައެއްގެ ގޮތުން ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގައި ރާއްޖޭގެ މޮޅު 48 އެފްސީ 26 ކުޅުންތެރިން ބައިވެރިވެފައިވާއިރު، ކޮންމެ ކުޅުންތެރިއަކުވެސް ތަމްސީލުކޮށްފައިވަނީ ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ 48 ގައުމުގެ ތެރެއިން ގައުމެކެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފޯރިއާއި ރޫޙު ދައްކުވައިދިން ތަފާތު މުބާރާތެކެވެ.
ވާދަވެރި މެޗުތަކަކަށްފަހު، ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ ވަނީ މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކައި، އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ހޯދާފައެވެ.
މުބާރާތުގެ ރަނަރއަޕް މަޤާމު ސައުދީ އަރަބިއްޔާ ތަމްސީލުކުރި ޢަބްދުﷲ މާހިލް ހޯދިއިރު، ތިންވަނަ (ސެކަންޑް ރަނަރއަޕް) ހޯދީ އޮސްޓްރިއާ ތަމްސީލުކުރި ޒަކްވާން ޝިހާދެވެ.
މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ފައިސާގެ އިނާމާއި ހައިސެންސް (Hisense) ސްމާޓް ޓީވީ ދީފައިވަނީ އަންނަނިވި ގޮތަށެވެ:
އުރީދޫ ނޭޝަން ކަޕަކީ، ފީފާ ވޯލްޑް ކަޕާ ދިމާކޮށް ފުޓްބޯޅަ ސަޕޯޓަރުންނަށް ޚާއްޞަ ޕްރޮމޯޝަންތަކާއި، ޑިޖިޓަލް ތަޖުރިބާތަކާއި، އީ-ސްޕޯޓްސް މުބާރާތްތައް މެދުވެރިކޮށް ފޯރިގަދަ މާޙައުލެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްއިން މުޅި ރާއްޖޭގައި ކުރިއަށްގެންދާ #OoredooFootballFoari ކެމްޕޭނުގެ ބައެކެވެ.
އުރީދޫ ނޭޝަން ކަޕް ފަދަ ޙަރަކާތްތައް މެދުވެރިކޮށް، އުރީދޫއިން ދަނީ ގޭމިންގް ދާއިރާގެ ހުނަރުވެރިންނަށް ފުރުޞަތުތައް ފަހިކޮށްދީ، އިޖުތިމާޢީ ގުޅުން ބަދަހިކޮށް، ފުޓްބޯޅައަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯބި ފާހަގަކުރުމަށް ވާދަވެރި މައިދާންތައް ތަނަވަސްކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
އުރީދޫ ނޭޝަން ކަޕަކީ ފުޓްބޯޅައާއި، ގޭމިންގް އަދި ކުޅިވަރުގެ ރޫޙު ދައްކުވައިދިން ފޯރިގަދަ މުބާރާތަކަށް ހަދައިދިން ކަމަށްޓަކައި ހުރިހާ ބައިވެރިންނަށާއި ވަނަވަނައަށް ދިޔަ ފަރާތްތަކަށް މަރުޙަބާ ކިޔާފައެވެ.