ރައީސް އާއި ވަކިވަކިން ބައްދަލުކުރެވޭނެ ޚާއްސަ ޕްރޮގްރާމެއް ކައިރި މުސްތަޤްބަލެއްގައި ފެށޭނެ: ތަރުޖަމާނު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ރައީސް އާއި ވަކިވަކިން ބައްދަލުކުރެވޭނެ ޚާއްސަ ޕްރޮގްރާމެއް ކައިރި މުސްތަޤްބަލެއްގައި ފެށޭނެ: ތަރުޖަމާނު

ވަކިވަކިން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށް ވާހަކަދައްކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމް ކައިރި މުސްތަޤްބަލެއްގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.

"ޕްރެސަރ ވިތު ދަ ސްޕޮކްސް" ސީރީޒްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، މިހާރުވެސް ގިނަ އަދަދެއްގެ އާއްމުންނާއި ރައީސް ބައްދަލުކުރައްވަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ބައްދަލުވުންތަކެއް ބާއްވަން ނިންމި ސަބަބަކީ މިހާރަށް ވުރެ ފުޅާ ފުރުސަތުތަކެއް އާއްމުންނަށް ހޯދާދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުންތަކާ ގުޅޭގޮތުން ތަރުޖަމާނު ވިދާޅުވީ، އެކަމުގެ ފުރަތަމަ ދެލި ކޮޕީ މިހާރު އެކުލަވާލާފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ އެންމެ ފަހު މަރުހަލާގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ކަމަށެވެ. އަދި ބައްދަލުވުމުގެ އުސޫލު ކަނޑައެޅުމަށް ފަހު، އާއްމުންނަށް ތަފްސީލްތައް އެނގޭނެހެން އެކަން އިޢުލާންކުރައްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މިހާރު އާއްމުކޮށް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވަނީ ރައީސް އޮފީހަށް ސިޓީ ހުށަހަޅައިގެންނާއި، އެކި ޖަލްސާ އަދި ހަފްލާތަކުގެ ހާވާސާގައެވެ. ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ މައްޗަށް ބެހިފައިވާ ތަނަކަށް ވާތީ، ރާއްޖޭގެ ތަފާތު ހިސާބުތަކުން އެކި ފަންނުތަކުގެ މީހުންނަށް ރައީސާ ބައްދަލުކުރުމުގައި ފަސޭހަ ފުރުސަތެއް ހޯދާދޭން ސަރުކާރުން ވިސްނުން ގެންގުޅުއްވާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ހުރިހާ ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ގާތުން ބައްލަވައި، ބޭރުގެ ބައެއް ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި ސީދާ އެމަނިކުފާނާ ބައްދަލުނުކުރެވުނު ނަމަވެސް، ރައީސް އޮފީހުގެ ވަޒީރުންގެ ފެންވަރުގެ ބޭފުޅުން މެދުވެރިކޮށް ރައްޔިތުންގެ ޝަކުވާތަކާއި މައުލޫމާތުތައް ގާތުން އޮޅުންފިލުއްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން