ހުރިހާ ޚިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ ފަދަ "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" އެއް ގާއިމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހުރިހާ ޚިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ ފަދަ "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" އެއް ގާއިމުކުރަނީ

ރާއްޖޭގެ ޖަލުތަކުގެ ހުރިހާ ޚިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ ފަދަ "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" އެއް ގާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، މި މަޝްރޫޢުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް މި ހިނގާ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާރު ހުރި ބައެއް ޖަލުތައް އައު އިމާރާތަށް ބަދަލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މިއީ ޖަލުތަކުގެ ނިޒާމަށް ގެނެވޭ ބޮޑު ބަދަލެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ތަންކޮޅެއް ލަސްވެއްޖެ އަޅުގަނޑުމެންނަށް މި މަސައްކަތުގައި ކުރަންޖެހޭ މަސައްކަތުގެ ބާވައްތަކުން ދައުލަތުގެ އެހެން މުވައްސަސާތަކާއި ގުޅިގެން ކުރަން ޖެހޭތީ އަޅުގަނޑުމެން އެންމެ އެދެވޭ ގޮތެއްގައި ނޫން ކަންކަން ތަރުތީބު ވެގެންދަނީ،" ކަމަށެވެ. ނަމަވެސް އުނދަގުލުން ނަމަވެސް މިކަން ވެގެންދިއުމަކީ ކަރެކްޝަނަލް ސާވިސްއަށާއި ޖަލުތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ މުހިންމު އެއް އަމާޒަކީ ޖަލުތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ނަމޫނާ މުއައްސަސާއަކަށް ހެއްދެވުން ކަމަށްވެސް ވަޒީރު އިހުސާން ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން