އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އައްޑޫ ހުޅުދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
އައްޑޫ ހުޅުދޫގައި އޮނަރަބަލް މުޙައްމަދު ޞާލިޙުގެ ދީލަތި އެހީގައި ބިނާ ކުރެއްވި މިސްކިތް ހުޅުވައިދެއްވުމަށްޓަކައި ވަޒީރު ޑރ. ޝަހީމް ވަނީ އަންގާރަ ދުވަހު އައްޑޫ ސިޓީއަށް ޒިޔާރަތް ކުރައްވާފައެވެ.
އައްޑޫ ހުޅުދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލަށް އިސްލާމީ ދާއިރާއިން ދިމާވާ ދަތިތަކުގެ މަޢުލޫމަތު ވަޒީރު ވަނީ ސާފު ކުރައްވާފައެވެ. އަދި ކައުންސިލާއި ވުޒާރާއާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ ބައެއް އިސްވެރިންނާއި، ހުޅުދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.
މީގެއިތުރުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ވަނީ އައްޑޫ މީދޫ ކައުންސިލާއި ބައްދަލުކުރައްވައިފައެވެ.

ވަޒީރު ޑރ. ޝަހީމް، އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އައްޑޫ ހުޅުދޫގައި ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް މުޙައްމަދު ޞާލިޙުގެ ދީލަތި އެހީގައި ބިނާކުރެއްވި މިސްކިތް ހުޅުވައިދެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހުގެ ހަވީރު އައްޑޫ މީދޫ ކައުންސިލާއި ބައްދަލުކުރައްވާ އިސްލާމީ ދާއިރާއިން ކައުންސިލަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ވަޒީރު ވަނީ ސާފުކުރައްވާފައެވެ. އަދި ވުޒާރާއާއި އައްޑޫ މީދޫ ކައުންސިލާއި ގުޅިގެން ކުރެވިދާނެ މަސަައްކަތްތަކާއި ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.
ހަބަރު: ސަރުކާރު