ނެެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އިދާރާ ހިންގާނެ އޮފީސް އިމާރާތެއް 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ނެެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އިދާރާ ހިންގާނެ އޮފީސް އިމާރާތެއް 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

ނެެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އިދާރާ ހިންގާނެ އޮފީސް އިމާރާތެއް 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން ކުރި އިއުލާނުގައި ބުނެފައިވަނީ، "ނެޝަނަލެ އިންޓެގްރިޓީ ކޮމިޝަން"ގެ އެދިލެއްވުމުގެ މަތިން އެ އިދާރާ ހިންގާނެ އޮފީސް އިމާރާތެއް 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމުގެ ފުރުސަތު ބީލަން ޕޯޓަލް މެދިވެރިކޮށް 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކްތަކުން ލިބެން ހުންނާނެއެވެ.

(ޕްރޮކިއުމަންޓު ނަންބަރު: TES/2026/NC-001-R-02)

އިއުލާން ނަންބަރ: ނަންބަރު: (IUL)13-K/13/2026/95

މިއަދު އޮންލައިން