ރާއްޖޭގެ 200 ސަރަހައްދެއް ގުޅާލުމަށް ބޭނުންވާ އެސް.ޑީ.ވޭން އިކުއިޕްމަންޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ރާއްޖޭގެ 200 ސަރަހައްދެއް ގުޅާލުމަށް ބޭނުންވާ އެސް.ޑީ.ވޭން އިކުއިޕްމަންޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

ސަރުކާރުގެ ނެޓްވޯކް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމަށް 200 ސަރަހައްދެއް ގުޅާލުމަށް ބޭނުންވާ އެސް.ޑީ.ވޭން އިކުއިޕްމަންޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން މި ޖޫން މަހުގެ 10 ވަނަ ދުވަހު ކުރި އިއުލާނުގަިއ ބުނެފައި ވަނީ، ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް ސަރުކާރުގެ ނެޓްވޯކް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމަށް 200 ސަރަހައްދެއް ގުޅާލުމަށް ބޭނުންވާ އެސް.ޑީ.ވޭން އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ގެ ބޭނުމަށް ސަރުކާރުގެ ނެޓްވޯކް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމަށް 200 ސަރަހައްދެއް ގުޅާލުމަށް ބޭނުންވާ އެސް.ޑީ.ވޭން އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި ބީލަމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ވާރލްޑް ބޭންކުގެ "ޕްރޮކިއުމަންޓް އައި.ޕީ.އެފް ލޯނު ނަގާ ފަރާތްތަކުގެ ގަވާއިދުތައް" ހަތްވަނަ އެޑިޝަން- ސެޕްޓެމްބަރ 2025 ("ޕްރޮކިއުމަންޓް ރެގިއުލޭޝަންސް") އަދި ޕްރޮކިއުމަންޓް ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރިކުއެސްޓް ފޯ ބިޑްސް (އާރް.އެފް.ބީ) އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ބީލަމާއި ގުޅޭ އިތުރު މައުލޫމާތު މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

އިއުލާން ނަންބަރ: ނަންބަރު: (IUL)13-K/13/2026/97

(ޕްރޮޖެކްޓް ނަންބަރު: TES/2026/G-006)

މިއަދު އޮންލައިން