މާލޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މާލޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ދަށުން، މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނެކެވެ. މި ހަރަކާތުގެ ތެރެއިން ޖުމްލަ 17 ބިދޭސީއަކު ބަލާ ފާސްކޮށްފައިވާ އިރު، އޭގެ ތެރެއިން 7 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ދެއްވާ ހާއްސަ އަހަންމިއްޔަތުގެ ދަށުން، އިމިގްރޭޝަނާއި ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މިފަދަ ގިނަ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ. މިގޮތުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމާއި، އުސޫލުތަކުގެ ބޭރުން ވިޔަފާރިކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ މި އޮޕަރޭޝަންތަކުގެ މައިގަނޑު މަޤްޞަދެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީވެސް ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އުޅޭ ބައެއްކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. މިގޮތުން ހިންގާ އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ ބިދޭސީންނާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން