ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަންތައް އަތޮޅުތަކުގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަންތައް އަތޮޅުތަކުގައި ފަށައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަންތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި އަހަރުގެ މުބާރާތުގެ އޮޑިޝަންތައް ފަށާފައިވަނީ މުބާރާތުގެ އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުގައެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ފަހަރުގެ އޮޑިޝަން ބުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަތޮޅުތައް ވަކިވަކިން ބަހާލައިގެންނެވެ. އެގޮތުން މިއަދާއި މާދަމާ އޮޑިޝަންތައް ކުރިއަށްދާނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ އަދި ނ. މަނަދޫގައެވެ.

މުބާރާތުގެ އޮޑިޝަންތައް ކުރިއަށް ގެންދާނެ އިތުރު ތާރީޚުތަކަށް ބަލާއިރު، ޖޫން މަހުގެ 12 އަދި 13 ވަނަ ދުވަހު އޮޑިޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އއ. ރަސްދޫ އަދި އދ. މަހިބަދޫގައެވެ. އަދި ޖޫން 19 އާއި 20 ގައި ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހوވަދޫ އަދި ތ. ވޭމަންޑޫގައި އޮޑިޝަންތައް އޮންނާނެއެވެ.

މީގެ އިތުރުން، ޖޫން މަހުގެ 26 އަދި 27 ވަނަ ދުވަހު ލ. ފޮނަދޫ، ގއ. ވިލިނގިލި، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ އާއި މީދޫގައި އޮޑިޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.

މި ބަދަލުތަކާއެކު ޤައުމީ މުބާރާތުގެ ފެންވަރު މަތިކޮށް، ގިނަ ދަރިވަރުންތަކަކަށް ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން، ކީރިތި ޤުރުއާން އުނގަންނައިދިނުމާއި ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މިއަދު އޮންލައިން