ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ވެމްކޯއިން ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ވެމްކޯއިން ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވާފައިވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިސްނަގައިގެން މިއަދު ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު ބޭއްވުނު މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށާއި، ރާއްޖޭގެ ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ވެމްކޯއިން އިންތިޒާމުކުރި ހަރަކާތެކެވެ. މި މަޝްރޫޢަކީ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމަށާއި، ދެމެހެއްޓެނިވި ތިމާވެއްޓެއް ބިނާކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އެކަށައަޅާފައިވާ މުހިންމު ސިޔާސަތެކެވެ.

މި ހަރަކާތުގައި ވެމްކޯގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މިކަމުގެ ބޭނުމަކީ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން އާންމުންނަށް ހޭލުންތެރިކޮށްދިނުމާއި، ގަސް އިންދުމުގެ ސަގާފަތް ދިވެހި މުޖުތަމައުގައި އަށަގެންނެވުމެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދައި، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމެވެ. މިއަދު ވެމްކޯއިން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މި ޤައުމީ މަސައްކަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެކެވެ.

މިއަދު އޮންލައިން