ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގެ އިސް މަގާމަކަށް އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މަޢުލޫމާތަށް ބަލާއިރު، ނާޒިމް އައްޔަންކުރައްވާފައި ވަނީ މިނިސްޓަރުގެ ފެންވަރުގައި، "ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ" ގެ މަގާމަށެވެ. މި މަގާމަށް ނާޒިމް އައްޔަންކުރައްވާފައި ވަނީ މި ހިނގާ ހަފުތާގެ ތެރޭގައެވެ.
ނާޒިމް މީގެ ކުރިން ހުންނެވީ މި ސަރުކާރުގެ ހެލްތު މިނިސްޓަރުގެ މަގާމުގައެވެ.