ލ. ކަލައިދޫގައި އެމްއައިބީގެ އައު އޭޓީއެމްއެއް ހުޅުވައި ޚިދުމަތް ދޭން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ލ. ކަލައިދޫގައި އެމްއައިބީގެ އައު އޭޓީއެމްއެއް ހުޅުވައި ޚިދުމަތް ދޭން ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޚިދުމަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ލ. ކަލައިދޫގައި އައު އޭޓީއެމްއެއް މިއަދު ހުޅުވައިފިއެވެ.

ކަލައިދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު ޢިސްމާއިލް ޝަފީޢުއާއި، އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލްގެ އިތުރުން ކަލައިދޫ ކައުންސިލުގެ ރައީސް އަޙްމަދު ޝިޔާމެވެ.

އެމްއައިބީއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އޭޓީއެމް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ބޭންކުގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމެވެ. އަލަށް ޤާއިމުކުރި މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެއެވެ.

މި ޚިދުމަތުގެ ސަބަބުން ލ. އަތޮޅުގެ ބޮޑު އާބާދީއެއް އޮންނަ އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނަށާއި އެ ސަރަޙައްދުގެ ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއައިބީއިން ވިދާޅުވެއެވެ. މިއީ އެ ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް އަދި ލާމަރުކަޒީކޮށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

މިއަދު އޮންލައިން