ނޯތު ޕޮލިސް ރީޖަންއާއި ނޯތު ސެންޓަރަލް ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިމަހުގެ 2 ވަނަ ދުވަހު ދެ ރީޖަންގައި ވަކިވަކިން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.
މި ދެ ރަސްމިއްޔާތުގެ ތެރެއިން ނޯތު ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބ. މާޅޮހުގައެވެ. ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އއ. ފެރިދޫގައެވެ.
މި ދެ ރަސްމިއްޔާތުގައި ނޯތު ޕޮލިސް ރީޖަންގެ 33 ފުލުހަކާއި، ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގެ 13 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެއެވެ.
ޝަރަފުގެ ނިޝާން ލިބުނު ފުލުހުންގެ ތެރޭގައި ކޮމިޝަންޑް އޮފިސަރުން ވެސް ހިމެނެއެވެ.
ހަބަރު: ސަރުކާރު