އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު އެ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މިފަހަރުގެ މި ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ އަންހެނުންނަށެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 އަދި 6 ވާ ހުކުރު އަދި ހޮނިހިރު ދެ ދުވަހުއެވެ. ޕްރޮގްރާމްގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ހޯލުގެ 5 ވަނަ ފަންގިފިލާގައެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮގްރާމްގެ ތެރެއިން ލީޑަރޝިޕް ދާއިރާއާ ގުޅުންހުރި ގިނަ ސެޝަންތަކެއް ކުރިއަށްގެންދާނެއެވެ. މި ސެޝަންތަކަކީ ބައިވެރިންގެ ކިބައިގައި ހުރި ލީޑަރޝިޕް ސިފަތައް އިތުރަށް ހަރުދަނާކޮށް، އިސްލާމީ އުސޫލުތަކުގެ ތެރެއިން ކުރިއަށްދިއުމަށް މަގުފަހިކޮށްދޭނެ ސެޝަންތަކެކެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ހުރިހާ ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޕްރޮގްރާމްގެ ތެރެއިން އެންމެ މޮޅު ލީޑަރޝިޕް ސިފަތައް ދައްކައިދޭ 10 ބައިވެރިއަކު ހޮވުމަށް ވަނީ ނިންމާފައެވެ. މި 10 ބައިވެރިންނަށް "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޔޫތު ލީޑަރޝިޕް އެމްބެސެޑަރ" ގެ މަގާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިއަދު އޮންލައިން